އެންމެ ބޮޑު އިސްކަމެއް ދޭނީ އަންހެނުންނަށް ސިޔާސީ ދާއިރާއިން ފުރުސަތު ދޭން: ރޮޒޭ
![](https://dhen.mv/wp-content/uploads/2022/02/dfdfd-850x548.jpg)
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އަންހެނުންގެ ރައީސާ ކަމަށް ހޮވިވަޑައިގެންފި ނަމަ، އަންހެނުންނަށް އެ ޕާޓީގައި ކުރިއަށް ދިޔުމަށް އެހީތެރިވެދެއްވާނެ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އެމްޑީޕީގެ އަންހެނުން ދެނެގަނެ، އެމީހުން އެކަމަށް ތައްޔާރުކޮށް، ފުރުސަތު ހޯދައިދިނުން ކަމަށެވެ.
"އިންޝާﷲ، އަޅުގަނޑަށް އޭއާރްގެ ރައީސް ކަމަށް އާދެވިއްޖެ ނަމަ، މިއީ އަޅުގަނޑު އެންމެ އިސްކަން ދޭނެ މަސައްކަތް." އޭނާ ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 16 ވާ ހޮނިހިރު ދުވަހު އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަ ކައި ބާއްވާ އިންތިހާބުގައި ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް މީހުން އިންތިހާބު ކުރުމަށް ވަނީ ނިންމައިފައެވެ.
ރޮޒައިނާގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމުގައިވާ ސަފާތު އަހުމަދު ޒާހިރު ވާދަ ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.