ހިޔާ ސަރަހައްދުގެ މަގުތައް 15 ދުވަސްތެރޭ ނިންމަނީ

ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި 15 ދުވަސްތެރޭ ތާރުއަޅައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ ހިޔާ ސަރަޙައްދުގެ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތާރުއެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރު އަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގު ހުޅުވައިލެވިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ މިމަސައްކަތް ކުރަމުންދާއިރު ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް އެދިފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދައިފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން މިހާރު ފަށައި ފައިވާއިރު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފަށާފަ އޮންނަތާ 2މަސްދުވަސް