މިއަދުގެ ތާރީޚާ ގުޅުވައިގެން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކްލަބް ޕްރިމިއާ މެމްބަރުންނަށް ބައެއް ފިހާރަތަކާއި ރެސްޓޯރެންޓުތަކުން 22 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
އުރީދޫން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ "ޗީނޯ"އާއި "ރާދަފަތި ޖެމްސް އެންޑް ޖުވެލަރީ"އާއި "ލަޝްލީ"އާއި "ލެ ޕާފިއުމް"އާއި "ސެމިލީސް"އިން ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.
ކްލަބް ޕްރިމިއަރ ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އުރީދުން ދަނީ ކުރަމުންނެވެ.
Ads by Allied Insurance