ޚަބަރު

އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގުކޮށް، ދައުވާ ނުކުރެވޭ ނަމަ ދައުލަތް ފެއިލްވާނެ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގުކޮށް، ދައުވާ ނުކުރެވޭ ނަމަ ދައުލަތް ފެއިލްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތަހުގީގު ބޭރުގެ ބަޔަކަށް ކޮންޓްރެކްޓު ކުރަން އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަތް ކަމަށެވެ

"ދެން ވެސް މައްސަލަތައް ރަނގަޅަށް ތަހްގީގުކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ލަސްވާތީ އެމްޑީޕީގެ މެންބަރުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތެވެ. މި ޚިޔާނާތް ބެލުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!