ދުނިޔެ

ޔޫކްރެއިންގެ އާއްމުންގެ ތިން މީހަކު މަރައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަޝިއާގެ މިސައިލް ހަމަލާއެއްގައި ޒަޚަމްވެފައިވާ މީހެއް. ފޮޓޯ/އަލް ޖަޒީރާ

ރަޝިއާއިން މިހާރު ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކުގައި އާއްމުންގެ ތިން މީހަކު މަރުވެފައިވާ ކަމަށް ޔޫކްރެއިންއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ރަޝިޔާގެ އުދުވާނީ ހަމަލާގެ ސަބަބުން އިރުމަތީ ޔޫކްރެއިންގެ ސިޓީގެ އާންމުންގެ ތިން މީހުން މަރުވެ ހަ މީހުން ޒަޚަމްވެފައިވާ ކަމަށް މަރިއުޕޯލްގެ މޭޔަރު ވަޑިމް ބޮއިޗެންކޯ ވަނީ ވިދާޅުވެފައެވެ.

ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ ރަޝިއާ ސިފައިން އެ ސިޓީގެ އެއާޕޯޓަށާއި ކައިރީގައިވާ ވިލެޖަކަށް ހަމަލާދީފައިވާ ކަމަށެވެ.

"ބިރު ގަންނާނެ ކަމެއް ނެތް. ޔޫކްރެއިންގެ ދިފާއުގައި ނިކުންނަން އަހަރެމެން މި ތިބީ ތައްޔާރަށް" އޭނާ ވިދާޅުވިއެވެ.

އާއްމުންގެ ތިން މީހަކު މަރުވެފައިވާކަމަށް ޔޫކްރެއިނުން ބުނެފައިވާ އިރު، ރަޝިއާއިން އާއްމުންނަށް ހަމަލާ ނުދޭނެ ކަމަށް މީގެ ކުރިން ރަޝިއާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން ދެމުން އަންނަ ހަމަލާތަކުގައި މިހައިތަނަށް 40 މީހަކު މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސްގެ މުޝީރަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަރުވެފައި ވަނީ އާއްމުންގެ ކިތައް މީހުން ކަމެއް އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!