ފަލަސްތީނުގެ ތިން ޒުވާނަކު ޝަހީދުކޮށްލައިފި
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ތިން މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ޚަބަރު ފަތުރާ މަސްދަރުތަކުން ބުނާ ގޮތުގައި، ރޭ ފަތިހުފަތިހާ ޖެނީން ސިޓީގައި ހުންނަ ޖެނީން ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެ، ބައެއް ގެތަކުގެ މީހުންނަށް ވަނީ އަނިޔާކޮށްފައެވެ. އަދި އެ މީހުންނާ ދެކޮޅު ހަދާ މީހުންގެ ގަޔަށް ބަޑިން ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
މި ހަމަލާތަކުގައި ޝަހީދުވެފައި ވަނީ، 22 އަހަރުގެ އަބްދުالله އަލްހުސާރީއާއި 18 އަހަރުގެ ޝާދީ ނަޖީމެވެ. އަލްހުސާރީ ޝަހީދުވީ އޭނާގެ ގަޔަށް އެރި ވަޒަންތަކުގެ ސަބަބުން ފަރުވާ ވެސް ނުފެށެނީހެވެ. މީގެ އިތުރުން އެހެން މީހެއްގެ ބަނޑަށް ވަޒަން ވެސް އިސްރާއީލުން ވަނީ ބަޑި ޖަހައިފައެވެ.
އިސްލާއީލުގެ އަސްކަރިއްޔާއިން ދެން ޝަހީދުކޮށްލައިފައި ވަނީ، ޔުނިވާސިޓީއެއްގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށްވާ އުމުރުން 19 އަހަރުގެ އައްމާރު އަބޫ އަފީފާއެވެ. އަބޫ އަފީފާގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފައި ވާއިރު، އޭނާގެ ހަށިގަނޑު ވެސް އާއިލާއާ ހަވާލުކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހިފައިފައިވާ ފަލަސްތީނުގެ ބިންތަކުގައި ފާއިތުވި އަހަރުތަކުގައި އެތައް ހާސް ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވެއެވެ.