ދުނިޔެ

މިއީ ޔޫކްރެއިން ކުއްޖެއް ނޫން؛ ފަލަސްތީނުގެ ކުޑަކުޑަ ފަހުލަވާނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގެ ކުއްޖަކު، ރަޝިޔާގެ އަސްކަރީ ސިފައިންނާ ކުރިމަތިލާ ކަމަށް ބުނެ ދައުރުވާ ފޮޓޯއަކީ ފަލަސްތީނުގެ ކުއްޖެއްގެ ފޮޓޯއެއްކަން ކަށަވަރުވެއްޖެވެ.

Ads by Sosun Fihaara

ބޭރުގެ ބައެއް މީޑިއާތަކުގެ އިތުރުން ރާއްޖޭގެ ބައެއް ވައިރަލް ޕޭޖްތަކުގައި ވެސް ޔޫކްރެއިންގެ ކުއްޖެއް ކަމަށް ބުނެ މަތީގައި އެވާ ފޮޓޯ ދައުރު ކޮށްފައި ވެއެވެ.

"ދެން"އިން ކުރި ދިރާސީއިން ފެނުނު ގޮތުގައި މިއީ 2012ވަނަ އަހަރުގައި ވައިރަލްވި ވީޑިއޯއަކުން ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯގައި ފެންނަނީ އާހިދު ތަމީމީ ކިޔާ ފަލަސްތީނުގެ ކުއްޖެކެވެ.

މި ފޮޓޯގައި ދައްކައި ދެނީ، އިސްރާއީލުުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިމުގައި ތިބި އިސްރާއީލުގެ ސިފައިންނާ ތަމީމީ ޖަދަލު ކުރާ މަންޒަރެވެ. 2012ވަނަ އަަހަރު ދައުރުވެފައިވާ މި ވީޑީއޯގައި ތަމީމީ ރޮމުން ގިސްލަމުން އިސްރާއީލުގެ ސިފައިން ގާތުގައި އަހަނީ ތަމީމީގެ ބޭބެ ކޮބައިތޯއެވެ. ތަމީމީގެ ބޭބެ ވަނީ އިސްރާއީލް ސިފައިން ދިން ހަމަލާއެއްގައި ޝަހީދުވެފައެވެ.

2012ވަނަ އަހަރު ތަމީމީގެ އުމުރަކީ 8 އަހަރެވެ. އޭގެ ފަހުން ތަމީމީ ހަރަކާތްތެރިވަމުން އަންނަނީ ފަލަސްތީނުގެ މީހުންގެ ޙައްޤުގައި ބަސްބުނުމުގައެވެ. 2018ވަނަ އަހަރު ތަމީމީ ވަނީ އިސްރާއީލުގެ ސިފައިންގެ މީހެއްގެ ގައިގައި ގަލަކުން ޖަހައިގެން ހައްޔަރުކޮށްފައެވެ. އޭނާ އެ ފަަހަރު ހައްޔަރުން ދޫކޮށްލައިފައި ވަނީ އަށް މަހަށް ފަހުއެވެ.

ތަމީމީގެ 2019 ވަނަ އަހަރުގެ ފޮޓޯއެއް

  1. ވިކިލީކުސް

    މިފަހަރު ވަރަށްގިނަ ތިފަދަ ފޮޓޯއާއި ވީޑިއޯކޮޅުތައް އެބަ ދައުރުވޭ. ޔުކްރޭނަކީ އިޒްރޭލު ކަހަލަ ބައެއް. ރަޝިއާ އަށް ހައްގު އެބައޮތް އެގޮތަށް ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ހިންގަން