ދުނިޔެ

ފަލަސްތީނުގެ ބިންތަކަށް ވަޒަންވެރިވުމަށް ޔޫކްރެއިންގެ ރެފިއުޖީންނަށް އިސްރާއީލުގެ ދައުވަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިސްރާއީލުން ހިފައިފައިވާ ބިންތަކުގައި ވަޒަންވެރިވާން ޔޫކްރެއިންގެ ޔަހޫދީންނަށް އިސްރާއީލުން ދައުވަތު ދީފިއެވެ.

Ads by Sosun Fihaara

ޔޫކްރޭނަށް ރަޝިޔާއިން ހަމަލާދެމުން އަންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ހަނގުރާމައާ އެކު، ޔޫކްރެއިންގެ ބައެއް އާއްމުން ދަނީ އެހެން ޤައުމުތަކުގައި ރެޖިއުފީކަން ހޯދަމުންނެވެ. ޔޫކްރެއިންގެ ރެފިއުޖީނަށް އަވައްޓެރި ޤައުމުތަކުގެ ބޯޑަރު ހުޅުވައިލައިފައިވާ އިރު، އިސްރާއީލުން ވަނީ ޔަހޫދީ ޔޫކްރޭނުގެ މީހުންނަށް ފަސޭހައިން އިސްރާއީލަށް ވަދެވޭ ގޮތަށް ހަދަން، އިޖުރާއަތްތައް މަދުކޮށްފައެވެ.

"ޔޫކްރެއިންގެ ޔަހޫދީން އަނބުރައި ވަޒަނަށް (އިސްރާއީލަށް) އައުމަށް ދައުވަތުދެން" އިސްރާއީލްގެ އިމިގްރޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

އިސްރާއީލުން ޤަބޫލު ކުރާ ގޮތުގައި ފަލަސްތީނުގެ ބިމަކީ އެ މީހުންގެ ބިމެކެވެ. އިސްރާއީލަކީ ޔަހޫދީ ދައުލަތެކެވެ. އިސްރާއީލުން ޤަބޫލު ކުރާ ގޮތުގައި އިސްރާއީލުގެ ބިމަށް އަންނަ ކޮންމެ ޔަހޫދީއަކަށް ރައްވެހިކަން ދޭން ޖެހެއެވެ. މިގޮތަށް ވަޒަންވެރިވަމުން އަންނަނީ ފަލަސްތީނުގެ މީހުން ދިރިއުޅެމުން އަންނަ ގެތަކުން ގަދަކަމުން ބޭރުކުރުމަށް ފަހުގައެވެ.

މިހައިތަނަށް ޔޫކްރޭންގެ 100އަށް ވުރެ ގިނަ ޔަހޫދީ ރެފިއުޖީން ވަނީ އިސްރާއީލަށް ހިޖުރަކޮށްފައެވެ. މިއަންނަ ހަފްތާގައި މި ނަންބަރު 10،000އަށް އަރާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ހާމަކުރެއެވެ.

Ads by Allied Insurance
  1. ފަލަސްތީނަން ަނިޔާވެރިވާމީހުނަންވެސް ރަސިޔާއަށް ކަންތަންކުރާހެން ނުކުރަނީ ކީވެބަ ؟

  2. ޢަވާމެނދުރު

    ޢިޒުރޭލުންނެތް ނޫނެތްނު ދައުވަތު.ދޭނީ އިޒުރޭލުންދައުވަތުދޭނީ އިޒުރޭލައް ދިއުމަންތަ