ވިޔަފާރި

ރަޝިޔާގައި ބީއެމްއެލް ކާޑް ބޭނުމެއް ނުކުރެވޭ، ގިނަ ދަރިވަރުން ހާސްކަމެއްގެ ތެރެއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވި، އެ ޤައުމުގައި ތިބި ދަރިވަރުން ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

Ads by STELCO

ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކޮށްފައި ވަނީ އެމެރިކާގެ ކާޑު ނެޓްވޯކުތައް ކަމަށްވާ އެމެރިކަން އެކްސްޕްރެސްއާއި ވިސާއާއި މާސްޓަރކާޑެވެ. އެ ކުންފުނިތަކުން އިއްޔެ ވަނީ، ރަޝިޔާގައި ކާޑުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ހަދައިފައެވެ.

ރަޝިޔާއަށް މި ކުންފުނިތަކުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފައިވާ، ރަޝިޔާގެ އަސްކަރިއްޔާއިން މިހާރު ޔޫކްރެއިނަށް އަރައި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުންނެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައި ވަނީ،  ދުނިޔޭގެ އެކި ޤައުމުތަކުންނާއި ރެގިއުލޭޓަރީ އިދާރާތަކާއި ބޭންކުތަކުގެ އިތުރަށް ސްވިފްޓާއި ކާޑު ނެޓުވޯކުތަކުން މިހާރު އަޅައިފައިވާ ތަފާތު ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއާއި އިތުރަށް ފިޔަވަޅުތައް އަމާޒުކޮށްފައިވާ ސަރަހައްދުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް ބޭނުން ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައި ވެސް އިތުރު ވަގުތު ހޭދަވުމާއި ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބޭންކުން ބުންޏެވެ.

މިއާ އެކު، ރަޝިޔާގައި މި ވަގުތު ތިބި ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބީއެމްއެލް ކާޑް މެދުވެރިކޮށް، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް 750 ޑޮލަރު ނެގެއެވެ.

ރަޝިޔާގައި މިހާރު ކިޔަވަމުންދަނީ ދިވެހި 88 ދަރިވަރެކެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުން ރާއްޖެ އައުމަށް ވަނީ ނިންމައިފައެވެ. އެއީ ކިޔަވަމުންދާ ޔުނިވަރސިޓީތަކުގެ ކިޔެވުން އޮންލައިންކުރުމުގެ ސަބަބުންނެވެ.

  1. މަރީނާ

    އަރީނާ ބީއެމްއެލް ކާޑެއްނޫނޭ މާސްޓަރ އަދި ވިސާއިން ހިދުމަތް މެދުކަޑާލީ