ޚަބަރު ސިޔާސީ

މީކާއިލް ފައްޔާޒަށް: ޖެއްސުންކުރުމަށް ކުރާ ކަމެއް ވިދާޅެއް ނުވެވޭނެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަމެއް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ފަސްކުރުމާ މެދު ގޮތެއް ނިންމުމަށް ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅުއްވަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ތުހުމަތާ ގުޅުވައިގެން ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ފައްޔާޒު އެހެން ވިދާޅުވި ނަމަވެސް މަޖިލީހަކީ ސަރުކާރަށް އެންމެ ބޮޑަށް މަދަދުވެރިވާ ފަރާތްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަ ކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަންނަވާ ހަމަ ކޮންމެ ފަހަރަކު ، އެމަނިކުފާނު ވިދާޅުވާ ވިދާޅުވުމެއް ، މި ރައްޔިތުންގެ މަޖިލީހަކީ އެ މަނިކުފާނުގެ ސަރުކާރު ގާއިމްކޮށް ،އެ މަނިކުފާނުގެ ސަރުކާރު ހިންގުމަށް އެންމެ މަދަދުވެރިވާ އެއް ފަރާތްކަމަށް" މީކާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އެހެން ވިދާޅުވާ އިރު ރައީސްގެ ކެބިނެޓް މިނިސްޓަރަކު އެކަމާ އިދިކޮޅަށް ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް ހަމަ އެ ނޭވާގައި ، އެ މަނިކުފާނު ހުންނަވާ އިރު ، ކެބިނެޓްގައި އިންނަވާ ކޮންމެ ވެސް ވަޒީރެއް މި ރައްޔތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ނިސްބަތްކޮށް ، ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ސަރުކާރަށް ޖެއްސުންކުރަމުންދާކަމަށް އިލްޒާމް އެޅުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް" ރޭ ފައްޔާޒު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އެކަން ކުރަނީ ކޮންބައެއްކަމާއި ޖެއްސުން ކުރުމަށް ކުރާ މަސައްކަތެއް ވިދާޅުވެދެއްވަން ޖެހޭނެ ކަމަށެވެ.

"އެ އިލްޒާމް އަޅުވާ ކަމަށްވާ ނަމަ އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަނީ ކޮން މެމްބަރުންނެއްކަން ، އަދި ކުރައްވަނީ ކޮން މަސައްކަތެއްކަން ސާފުކޮށް ރައްޔިތުންނަށް ބުނެދެން ، މި ތަނުން ފާސްނުކުރީ ކޮން ބިލެއްތޯ ، މި ތަނުން އަޅުގަނޑުމެން ބޭރުކޮށްލީ ކޮން އިޞްލާޙެއްތޯ، މި ތަނުން ބަޖެޓް ފާސްކުރަން ހުރަސްއަޅަން އަޅުގަނޑުމެން ކުރީ ކޮން ކަމެއްތޯ ، ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ޖެހޭ ، ނުބުނެދެވޭނެ"

Ads by HDC
  1. ޡަމީރު

    ޟަޖިލިސް ތީ މިހާރު އެމް ޑީ ޕީގެ އަށްޑާއެއްތޯ؟