އޭޝިއާ ދުނިޔެ

ކޮމީޑިއަންއެއް އަނެއްކާ ވެސް ވެރިކަމަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބަގްވަންތު: ޕާޓީގެ ލީޑަރު ކެޖުރިވާލްއާ އެކު

ޕަންޖާބް ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ކުރީގެ ކޮމީޑިއަން ބަގުވަންތު މާން ، އެ ސްޓޭޓް ކާމިޔާބުކުރި އާމުއާދުމީ ޕާޓީން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ފެބްރުއަރީއާއި މި މަރޗްގައި ބޭއްވި ގޯއާ، މަނިޕޫރު،ޕަންޖާބު،އުއްތަރަ ޕަރްދޭޝް އަދި އުއްތަރަކަންދުގެ ލެޖިސްލޭޓިވް އެސެމްބްލީ އިންތިޚާބުގެ ތެރެއިން އާމުއާދްމީ ޕާޓީ ވަނީ ޕަންޖާބުގައި ވެރިކަން ކުރަމުން ދިޔަ ކޮންގްރެސް ބަލިކޮށް އެ ސްޓޭޓް ކާމިޔާބުކޮށްފައެވެ. އަނެއް ހަތަރު ސްޓޭޓް ކާމިޔާބުކުރީ ބީޖޭޕީއެވެ.

ޕަންޖާބުގެ 117 ގޮނޑީގެ ތެރެއިން 92 ގޮނޑި އާމްއާދުމީ ޕާޓީއިން ވަނީ ކާމިޔާބުކޮށްފައެވެ. އެއާ އެކު ޕާޓީގެ ލީޑަރު އަރްވިންދު ކެޖުރިވާލް ވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ބަގްވަންތު ހަމަޖައްސައިފައެވެ. އޭނާ ވެރިކަމުގެ ހުވާ ކުރާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ބަގުވަންތު ސިންގަކީ ކުރީގެ "ސްޓޭންޑްއަޕް ކޮމިޑިއަން"އެކެވެ. މިހާރު 2.8 ކްރޯޑް ރައްޔިތުންގެ ވެރިއެކެވެ. މި ބަލައިލަނީ 48 އަހަރުގެ ބަގުވަންތުގެ މި ދަތުރުގެ އުސްއަލިތަކަށެވެ.

އޭނާ އުފަންވީ ޕަންޖާބުގެ ސަންގުރޫ ޑިސްޓިކްރިޓަށެވެ. އެންމެ ޅައުމުރުން ފެށިގެން އޭނާގެ ޝައުގަކީ ކޮމެޑީދާއިރާއެވެ. ނަމަވެސް އާންމުންގެ ލޯތަކަށް އޭނާ ފެނިގެން ދިޔައީ "ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް"އިން 2000ގެ ކުރީގެ އަހަރުތަކުގައި އޭނާ ގެންނަން ފެށުމުންނެވެ.

ސިޔާސީ ދާއިރާއިން އޭނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2012ވަނަ އަހަރުއެވެ. އެ އަހަރު އޭނާ އުފަންވި ޑިސްޓްރިކްޓްގެ ގޮނޑިއަށް މަންޕްރީޓް ބާދަލްސް ޕީޕަލްސް ޕާޓީން ނިކުމެ އޭނާވީި ބައްޔެވެ. އޭގެ ފަހުން އެ ޕާޓީ ކޮންގްރެސްއާ އެއްކޮށްލަން ނިންމުމުން ބަގްވަންތު އެ ނިންމުމާ ދެކޮޅު ހަދައި ޕާޓީން ވަކިވިއެވެ. އަދި 2014ގައި އާމްއާދުމީ ޕާޓީއާ ގުޅި އިންޑިއާގެ ގާނޫނު ހަދާ ތިރިގެ ، ލޮކްޝަބާއަށް ކުރިމަތިލިއެވެ. އަދި ދެލައްކަ ވޯޓްގެ ތަފާތުން އޭނާ އިންތިޚާބު ކާމިޔާބުކުރިއެވެ. މި ކާމިޔާބީއާ އެކު ޕަންޖާބުގައި ޕާޓީ ތަމްސީލްކުރާ އިސްމީހަކަށް އޭނާ ހަމަޖެއްސިއެވެ.

2018ގައި ޕަންޖާބުގެ ޔޫނިއަން މިސްޓަރ ބިކްރަމް ސިންގުގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތު ، އާމުއާދުމީ ޕާޓީން ކޮށްފައި ވަނިކޮށް އެކަމަށް ޕާޓީގެ ލީޑަރު ކެޖްރިވާލް މާފަށް އެދުމުން ބަގުވަންތު ޕާޓީއިން ވަކިވިއެވެ. އަދި މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓައިނުލާނެ ކަމަށް ބުނެ ކެޖްރިވާލްއާ ދެކޮޅަށް ހަޅުތާލުކުރަން ތައްޔާރުވިއެވެ. ނަމަވެސް ފަހުން އިސްތިއުފާ އަނބުރާ ގެނެސް ހުރިހައި ކަމެއް ހުއްޓައިލިއެވެ.

2019ވަނަ އަހަރު ބަގްވަންތު ވަނީ ލޮކްޝަބާ އިންތިޚާބު ދެވަނަ ފަހަރަށް ވެސް ކާމިޔާބުކޮށް ލޮކްޝަބާގައި ޕާޓީ ތަމްސީލްކުރާ ހަމައެކަނި މެމްބަރަށް ވެފައެވެ.

މިއަހަރުގެ ލެޖިސްލޭޓިވް އެސެމްބްލީ އޭނާ ކާމިޔާބުކުރީ 60ހާހެއްހައި ވޯޓްގެ ތަފާތަކުންނެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރަކަށް އޭނާ ހަމަޖެއްސީ ޕާޓީން ހެދި ސަރވޭއެއްގެ ތެރެއިން 2.15މިލިއަން މީހުން އޭނާގެ މައްޗަށް ރުހުން އޮތުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!