މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓުގެ ޚިދުމަތް ނުލިބިދާނެކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު 10:00އިން 11:30އަށް ހެންވޭރުގެ ޖަނަވަރީ ހިނގުމާއި، އަމީނީމަގު އަދި ބުރުޒުމަގުގެ އިތުރުން ލޮނުޒިޔާރަތް މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު 14:00 އިން 15:30 އަށް މާފަންނުގެ ޖަންބުމަގާއި، އަސަރީ ހިނގުން އަދި މިރިޔާސްމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މި ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުނުހައި އަވަހަކަށް އަނބުރާ ކަރަންޓު އިއާދަކުރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.