ޚަބަރު

ރަން އަހަރުގެ ލަވައަށް ޓިކްޓޮކް ހަދައިގެން 25 ހާސް ރުފިޔާ ލިބޭ މުބާރާތެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަތުރުވެރިކަމުގެ ރަން އަހަރަށް ހާއްސަކޮށްފައިވާ ލަވައަށް ޓިކްޓޮކް ހަދައިގެން ފައިސާގެ އިނާމު ލިބޭ ޓިކްޓޮކް ޗެލެންޖަކަށް ޓުއަރިޒަމް މިނިސްޓްރީން ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މި ޗެލެންޖުން އެއްވަނައަށް ދާ ފަރާތަކަށް 25،000ރުފިޔާގެ އިނާމެއް ހުށަހެޅިފައިވާ ކަމަށާއި، ދެވަނައަށް ދާ ފަރާތަކަށް ހުށަހަޅައިފައި ވަނީ 15،000ރުފިޔާ ކަމަށެވެ. ތިންވަނައަށް ދާ ފަރާތަކަށް ހުށަހެޅިފައި ވަނީ 10،000ރުފިޔާއެވެ.

މި ޗެލެންޖަށް ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހުގެ 12ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޗެލެންޖުގައި ބައިވެރިވެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓަށް ލައިފައިވާ "ނަލަނަލަ ރާއްޖެ" ލަވައިގެ އޯޑިއޯ ބޭނުންކޮށްގެން އަމިއްލަ އުފެއްދުމުގެ މައްޗަށް ވީޑިއޯ ހަދައިގެންނެވެ. މި ލަވައަށް ހަދަން ޖެހެނީ މިނިޓެއްގެ ޓިކްޓޮކްއެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ޗެލެންޖުގައި ބައިވެރިކުރާ ޓިކްޓޮކްތަކަށް ވަނަ ހޮވާނީ ޝެއަރކުރާ މިންވަރަށާއި، ލައިކް ލިބޭ މިންވަރަށާއި ވިއުސް ލިބޭ މިންވަރަށް ބަލައިގެން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!