ހުރިހާ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހިލޭ ދޭން ގޮވައިލައިފި
ރާއްޖޭގައި ދިރިއުޅޭ ހުރިހައި ދިވެހިންނަށް ހަނޑޫ، ހަކުރު އަދި ފުށް ހިލޭ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ސަރުކާރަށް ގޮވައިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ އާއިލާއަށް އިންޝުއަރެންސް ހަމަޖެއްސުމާ ގުޅޭ ގޮތުން އާންމު ކޮމިޓީން ނިންމި ރިޕޯޓަށް އަންގާރަ ދުވަހު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުން ކުރާ ކަންކަމުން ރައްޔިތުންނަށް ކިހައިވަރެއްގެ ފައިދާއެއް ވޭތޯ ވިސްނައިލާން ޖެހޭކަމަށެވެ. ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުމާއި ނުދިނުމަށް ކުރެވޭ ބަހުސަށްވުރެ މުހިންމު މަސައްކަތްތައް ހުރިކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ އަގުބޮޑުކޮށް ރާއްޖެ ގެންނަ ކާޑުގެ ބާވަތްތައް މިހާރު ވެސް ކުޑައަގުގައި ސަބްސިޑީއަކާ އެކު ދޭއިރު އެތަކެތި ހުރިހާ ރައްޔިތުންނަށް ހިލޭ ދިނުމަށް ސަރުކާރަށް ދެންނެވުން މާ ރަނގަޅުވާނެކަމަށެވެ.
"ހަނޑޫ، ހަކުރު، ފުށް ސަރުކާރުން ހަމަ ހައްދަވަންވީނޫންތޯއޭ ހިލޭ ދޭއެއްޗަކަށް. ހުރިހާ ދިވެހިންނަށް ހިލޭ ދޭ އެއްޗަކަށް. ހަނޑޫ ހަކުރު ފުށަކީ އެއްގޮތަކަށް ވެސް އެއިން ފައިސާއެއް ނަގައިގެން ދިވެހިންނަށް އެކާންދޭކަށް އަޅުގަނޑަކަށް ނުފެނޭ"
- މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު
ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުމަށް ނުވަތަ ނުދިނުމަކަށް މެމްބަރު ތާއީދެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ވިދާޅުވީ ސީދާ މަޖިލީހާ ގުޅުން ހުރި ކަމެއްގައި ބަހުސްތައް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިޞާދީ ދަތިކަމާ އެކު ދިވެހި ރައްޔިތުން ދިރިއުޅެނީ ވަރަށް ހާލުގައިކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ މަޖިލީހުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން މަސައްކަތްތަކެއް ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.
މެމްބަރު އާދަމް ޝަރީފުގެ ވާހަކަ ނިންމަވައިލެއްވުމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަމާސާ ރާގެއްގައި ވިދާޅުވީ ހަކުރު ޗެކް ކުރެއްވުން މިއަދު މަޖިލީހުގެ އިދާރާގައި ކުރިއަށް ދާކަމަށެވެ. ހިނފުޅުވަޑުވަމުން ނަޝީދު އެދިވަޑައިގެންނެވީ މެމްބަރު ވެސް އެ ޓެސްޓް ކުރެއްވުމަށެވެ.
އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ ކުރީގެ މެމްބަރުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް ނުދޭން ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 26 މެމްބަރުންގެ ވޯޓާ އެކުގައެވެ. ކުރީގެ މެމްބަރުންގެ އާއިލާތަކަށް އިންޝުއަރެންސް ދޭން ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.
ކަލޭމެން ވެރިކަމުގަ ކީއްވެ ނުބެހީި!!!!
2013އިިން2018އަށްހަޑުލަކީބަންގާޅީންކާއެއްޗެއްމިހާރުދިވެހިނަކަނީތާއާދަނާކޮސްނުގޮވާމިހާރުދިވެހިންނައްއެގޭކޮހުން
ހުރިހާމެންބަރުންގެ މުސާރަ ފަސްހާސްރުފިޔާގެ މިންވަރަށް ތިރިކުރުން ވަރަށްމުހިންމު ކަމެއް
އެހެންވެތާ ދޮޅިއާދަނުމެންގެ ވެރިކަމުގަ 3ބާވަތުގެ އަގު ބޮޑުކުރީ ތީތަ ރައްޔިތުން ނައްހެޔޮއެދިގެން ކުރާކަންތައް
މި މީހުން ވެރިކަމުގަ އެވެސް ކުރީ އަގުބޮޑު