ޚަބަރު

ސިނަމާލޭ ބްރިޖް ކައިރީ އޮންނަ ވެލިގަނޑަށް ވެލައެއް އަނެއްކާ ވެސް އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ ސިނަމާލޭ ބްރިޖް ކައިރީ އޮންނަ ވެލިގަނޑަށް ،ވެލައެއް އަނެއްކާ ވެސް އަރައިފިއެވެ.

Ads by MWSC

ގިނަ އަހަރުތަކަކަށް ފަހު، މީގެ ތިން ހަފްތާއެއްހައި ދުވަސް ކުރިން މާލެއަށް ވެލައެއް އެރުމުން ފުލުހުން ވަނީ އެ ވެލާ މޫދަށް ދޫކޮށްލައިފައެވެ. އެކަމާ ގުޅިގެން އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ނަމަވެސް އޭގެ ފަހުން މިއަދު އެ ސަރަހައްދަށް ވެލައެއް އެރުމުން، ފުލުހުން ވަނީ އެޔަށް ގޯނާއެއް ނުވާނެ ގޮތަށް އެތަން ބަންދުކޮށް، އެ ވެލާ ބަލަހައްޓަން ފަށައިފައެވެ.

މިއީ ކުރިން ފަހަރު ވެސް އެރި ވެލާކަން ޔަގީން ނުވި ނަމަވެސް، ވެލައަކީ އޭތި ކުރިން ބިސް އަޅައި ތަނަށް އަލުން އަނބުރާ އަންނަ އެއްޗެކެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު އިބްރާހީމް ނައީމް ވިދާޅުވީ ކުރިން ފަހަރު ވެލާ އެރި ތަނަށް އަނެއްކާ ވެސް ، ވެލާ އެރުމުން އެއްވެސް މީހަކު އޭގައި އަތް ނުލަން މިފަހަރު އަންގާފައިވާނެ ކަމަށެވެ. އަދި ކުރިން ފަހަރު ވެލާ ފޮނުވައިލެވުނީ މާ އަވަހަށް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން،މި ފަހަރު އެރި ވެލައަކީ ކުރިން ފަހަރު އެރި ވެލާތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!