ޚަބަރު

65 ގޮނޑި ހޯދައިގެން އެމްޑީޕީން އަދިވެސް ދައްކަނީ ބަހަނާ: މަލީހް

ރައުފާ ރަޝީދު ، ދެން އޮންލައިން

65 ގޮނޑި ހޯދައިގެން އެމްޑީޕީން އަދިވެސް ދައްކަނީ ބަހަނާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަލީހް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ އިތުރު އެހެން މަސައްކަތެއް ނެތިގެން މަޖިލީސް ފެށިތާ ގަޑިއިރެއް ނުވަނީސް އިއްޔެގެ ޖަލްސާ ނިންމައިލުމާ ގުޅިގެންނެވެ.

މަލީޙް ވިދާޅުވީ ރާއްޖޭގައި ހަދައިފައި ހުރި ޤާނޫނުތަކުގައި ނުކުރާ މަސައްކަތަށް މުސާރަދޭން ޖާގަދީފައި ނެތް ކަމަށެވެ. އެހެންކަމުން މަސައްކަތް ނެތި ތިބޭ ދުވަސްކޮޅުގެ މުސާރަ އުނިކުރެވޭގޮތަށް ބަދަލުކުރުމަށް މަލީޙް ވަނީ ގޮވައިލައްވައިފައެވެ.

މީގެ އިތުރުން މަލީހް ވިދާޅުވީ 65 ގޮނޑި ހޯދައިގެން އެމްޑީޕީން އަދިވެސް ދައްކަނީ ބަހަނާކަމަށެވެ. އަދި އެމްޑީޕީން އަދިވެސް ބޭނުން ވަނީ އިތުރު ބާރު ކަމަށް މަލީޙް ވިދާޅުވިއެވެ.

"މަސައްކަތް ނެތް ތަނެއްގެ ވެރިޔަކަށް ދައުލަތުން ބޮޑު ގަނޑުވަރާއި ޢިނާޔަތް ހައްޤުވާނެތޯ. އަދިވެސް ބޭނުން ވަނީ އިތުރު ބާރު. އެމްޑީޕީއަށް ދަނޑާއި ކަތިވަޅިޔާއި މަރިޔަނބު ހަވާލުކުރިޔަސް ހަދާނެ ނަހަދާނެ އެއްޗެއް ނޭގޭނެ“ މަލީހް ވިދާޅުވިއެވެ.

Ads by HDC
  1. މުހަންމަދު

    އޭ މަލީހޫ، ކަލޯ މިހާރު އެމް.ޑީ.ޕީ އޭ ނުކިޔާ އަދިވެސް ޔާމީނަށް ވަގަށް ގޮވުން މާބުއްދި ވެރިވާނެ.