ދުނިޔެ

ކޮވިޑް-19: އިތުރު ރާޅެއްގެ މަލަމަތި ފެންނަން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން އަވައްޓެރި އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު މަންސުކް މަންދަވިޔާ ވަނީ، މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވަވައި، ކޮވިޑްގެ އިތުރު ރާޅަކަށް އިންޑިއާ ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރައްވައިފައެވެ.

އޭޝިއާގެ ކޮވިޑް ސާޖު:

ޗައިނާ، ހޮންކޮންގް، ސިންގަޕޫރު، އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުން އަންނައިރު، މި ހަފްތާގައި ޗައިނާއިން ވަނީ ވޭދަނަތައް މަދުވަމުން އަންނަ ކަމަށް ބުނެފައެވެ. އެކަމަކު ދެކުނު ކޮރެެއާއިން ދުވާލަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ 621،328އަށް އަަރައިފައެވެ.

ކޮވިޑްގެ އައު ވޭރިއަންޓް، ބީއޭ.2 ފެތުރުން:

އޭޝިއާއަށް މިފަހުން އެރި ކޮވިޑް ރާޅުގެ ބޮޑު ދައުރެއް އަދާ ކުރަމުންދަނީ އޮމިކްރޯން އަދި ޑެލްޓާ ވޭރިއަންޓް ކަމުގައި ވިޔަސް، ވިލާތުގައި މިބަލީގެ އައު ވޭރިއަންޓް، ބީއޭ.2 ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

ވިލާތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގައުމުތަކުގައި އަނެއްކާ ވެސް ކޮވިޑް ވޭދަނަތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން މިހާރު ވެސް، ޖަރުމަނާއި އޮސްޓްރިއާ، ފިންލޭންޑް، އިޓަލީ، ސްވިޒަލޭންޑް ފަދަ ގައުމުތަކުގައި، އައު ވޭރިއަންޓުގެ ސަބަބުން ވޭދަނަތައް އިތުރުވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި، މި އައު ވޭރިއަންޓަކީ "އޮމިކްރޯން"އަށް ވުރެ ވެސް، ހަލުވި ވޭރިއަންޓެކެވެ.

ފިޔަވަޅުތައް ދޫކޮށްލަމުން އަންނާތީ، ޑަބްލިޔުއެޗްއޯއިން ވަނީ ސަމާލުވާން އެދިފައެވެ. އެ ގޮތުން ފާއިތުވި ހަފްތާގައި، ކޮވިޑް ކޭ އިތުރުވާން ފެށުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ވައިރަހާ މެދު ބޮޑަށް ސަމާލުވާން އެދިފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ، ބައެއް ގައުމުތަކުގައި ބައްޔަށް ޓެސްޓު ކުރުން މަދު ކުރުމުން ވެސް، ވޭދަނަތައް މަދު ނުވާ ކަމަށެވެ. އަދި ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިނާ މެދު އުފެދިފައިވާ ޝައްކުތަކުގެ ސަބަބުން، ބައެއް ގައުމުތަކުގެ ވެކްސިން ޕްރޮގްރާމް، އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ، އެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!