ޚަބަރު

ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބެލުމަށް ސަރުކާރު ފެއިލްވެއްޖެ: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބެލުމަށް މި ސަރުކާރު ފެއިލްވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުޝާމް މިފަދައިން ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އުވައިލެއްވުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބަލައި، އެފައިސާ ހޯދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ވެރިކަމަށް އައީ އެ ވައުދު ވިއްކައިގެން ކަމަށާއި 3 އަހަރުވީއިރު ވެސް އެ ވައުދު ނުފުއްދުނު ކަމަށެވެ.

“އެކަން ބެލުމަށް މިސަރުކާރު ފެއިލްވެއްޖެ” އުޝާމް ވިދާޅުވިއެވެ.

ރައީސް ސޯލިހު އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދެވީ އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވި ދުވަހުއެވެ. އެސެޓް ރިކަވަރީ ކޮމިޝަން ރައީސް ޞާލިހް އުވައިލައްވައިފައިވާ ކަމަށް ރައީސް އޮފީހުން މިއަަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވީ ނަމަވެސް އުވައިލި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!