Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވާރޭ ނުވެހި ގިނަދުވަސްވެ މަޑުއްވަރި ފެނަށް ޖެހިއްޖެ

ވާރޭ ނުވެހި ގިނަދުވަސްވެ މަޑުއްވަރި ފެނަށް ޖެހިއްޖެ

<strong>(ރ.މަޑުއްވަރިން) </strong>ރ.މަޑުއްވަރިއަށް ވާރޭ ނުވެހި ގިނަދުވަސްވުމުން އެ ރަށުން ވާރޭ ފެން ހުސްވެ ފެނަށް ޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށަށް ވާރޭ ނުވެހޭތާ މިހާރު ވަނީ ތިން ހަތަރު މަސްވެފައެވެ.

ވާރޭ ފެން ހުސްވުމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަވަމުން މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤު ވިދާޅުވީ ވާރޭ ފެން ހުސްވުމުން އެކަމަށް ހައްލެއް ހޯދުމަށް ފެނަކައިގައި އެއް ފަހަރު ދަންނަވައިގެން 12 ހާސް ލީޓަރުގެ ފެން މިސްކިތުގެ ތާންގީތަކަށް އަޅައިދީފައިވާ ކަމަށެވެ. ނަމަވެސް އެ ވެސް ދެތިން ދުވަހެއްގެ ތެރޭގައި ހުސްވެއްޖެ ކަމަށާއި މިހާރު ވެސް ފެނަކައިގައި އެހީތެރިކަމަށް އެދިފައިވާކަމަށް ޞާދިޤު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މަޑުއްވަރީގައި ފެން ޕްލާންޓެއް ގާއިމްކޮށް، ޓެސްޓް ކުރެވިފައިވާތާ އެތައް ދުވަހެއްވީ ނަމަވެސް އެ އެ ޕްލާންޓްގެ ޚިދުމަތް ދޭކަށް އަދިވެސް ނުފަށައެވެ. ޞާދިޤު ވިދާޅުވީ ދާއިމީ ޙައްލަކީ ޕްލާންޓްގެ ޚިދުމަތް އަވަހަށް ފެށުން ކަމަށާއި އެކަން އަވަސްކޮށްދެއްވުމަށް ވެސް އެދިލައްވާ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ބިން ހަމަޖައްސައި ބަޖެޓް ހަމަޖެއްސި މަޝްރޫޢެއް އެއީ ، މިހާރު މަސައްކަތް ނިމި ޓެސްޓްކޮށް ނިމިފައިވީތާ ވެސް އެތައް ދުވަހެއް، އަޅުގަނޑު ސަރުކާރަށް ވެސް އެދެން މިކަމަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވުމަށް"ޞާދިޤު ވިދާޅުވިއެވެ.

[caption id="attachment_146130" align="alignnone" width="1024"]<img class="wp-image-146130 size-large" src="https://cdn.dhen.mv/wp-content/uploads/2022/03/596211D3-967F-4B1C-8A51-47843B43897C-1024x682.jpeg" alt="" width="1024" height="682" /> މަޑުއްވަރީ ފެން ފްލާންޓް[/caption]

ވާރޭ ފެން ހުސްވުމާ އެކު މަޑުއްވަރީގެ ހުރިހައި ގެއެއްގައި ވެސް މިހާރު ބޭނުންކުރަމުންދަނީ މިނަރަލް ފެނެވެ.

މަޑުއްވަރީގައި އުސްއިމާރާތްތައް އިމާރާތްކުރުން ގިނަވުމާ އެކު އެ ރަށުގެ ފެނަށް ވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން އެ ރަށުގެ ވަޅުފެން މިހާރު ވަނީ ވަރަށް ބޮޑަށް ލޮނުވެފައެވެ. ޞާދިޤު ވިދާޅުވީ މިއީ ވެސް ކަންބޮޑުން އިތުރުވެފައިވާ މައްސަލައެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް