ދަރިންނޭ ކިޔައިގެން ދޮގު ޚަބަރު ފަތުރާތީ ވަރަށް ދެރަވޭ:ސަނީ ލިއޯން

ބޮލީވުޑްގެ ތަރި، ސަނީ ލިއޯންގެ ދަރިންނާ ގުޅުވައިގެން ދޮގު ޚަބަރުތައް ފަތުރާތީ ވަރަށް ދެރަވާ ކަމަށް އޭނާ ބުނެފިއެވެ.
ސަނީ ލިއޯނީ ބުނެފައި ވަނީ އޭނާގެ ފިރިމީހާ ޑެނިއަލް ވެބާއާ އެކު ސަނީ ލިއޯންގެ ދަރިން ބަލަމުން ގެންދަނީ ވަރަށް ވެސް ލޯބިން ކަމަށާއި ދަރިންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެެ. އަދި ތަފާތު ކުރާ ކަމަށް ބުނެ ވާހަކަ ދައްކަނީ ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށާއި އާއިލާއެއްގެ ތެރޭގައި މައްސަލަ އުފެދޭ ފަދަ ގޮތަކަށް ޚަބަރުތައް ނުފެތުރުމަށް ސަނީ ލިއޯން ވަނީ ގޮވައިލައިފައެވެ.
2017ވަނަ އަހަރު ސަނީގެ ދެމަފިރިން ވަނީ ނިޝާ ކިޔާ ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ. އޭގެ ފަހުން 2018ވަނަ އަހަރު ސަނީ ވަނީ ސަރޮގަސީ މެދުވެރިކޮށް އެމީހުންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނުކަން ހާމަކޮށްފައެވެ.
ފަހަކަށް އައިސް ވަނީ ކުދިންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި ނިޝާއަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއް ކަމުން އޭނާ ދެކެ އެމީހުން ލޯބި ނުވާކަމަށް ބުނެ ޚަބަރުތައް ވަނީ ފެތުރިފައެވެ.