ޚަބަރު

ރައީސް ނަޝީދު އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވުމުން މެންބަރު ސައީދުގެ ނަން އިއްވާނެކަމުގެ އިންޒާރު!

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުގެ ނަން އިއްވައި ތަޅުމުން ނެރެން ޖެހިދާނެކަމުގެ އިންޒާރު މަޖިލީހުގެ ރިޔާސަތުން ދެއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ރައީސް ނަޝީދަކީ މަޖިލީހުގެ ތަޅުމުގައި ވެސް އަދި އާންމު ރައްޔިތުންނާ މުޚާތަކޮށް ވާހަކަ ދައްކަވާއިރު ވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ.

ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ހުށަހަޅައިފައިވާ ހުށަހެޅުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އިންޑިއާއާ އެކު ހަދައިފައިވާ އެއްބަސްވުންތަކަކީ ނުރައްކާތެރި އެއްބަސްވުންތަކެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބޭރުގެ ބަޔަކާ އެކު އެއްބަސްވުމެއް ހަދައިފައިވާ ނަމަ އެކަން ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން ސައީދު ވިދާޅުވީ ނަޝީދު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ނަޝީދަކީ އަބަދުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ސައީދު ވިދާޅުވިއެވެ.

“ކަނޑައެޅިގެން އިތުރުފުޅެއް ތިހެއްދެވީ. ތި ވިދާޅުވާ ފަދަ އެގްރީމެންޓެއް އޮވެއްޖެ ނަމަ އަޅުގަނޑު ގޮވާލަން މި މަޖިލީހަށް ގެނެސް މަނިކުފާނު އެކަން ހާމަކުރައްވާ. އިއްޒަތްތެރި މެމްބަރަކީ ކަނޑައެޅިގެން އަބަދުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއް. ހަމަ އެކަނި މިތާކު ނޫން. ރައްޔިތުންނަށް ވެސް” ސައީދު ވިދާޅުވިއެވެ.

އެއަށް ފަހު ސައީދުގެ ވާހަކަ މެދު ކަނޑައިލައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި މަޖިލީހުން ނެރެން ނަން އިއްވާނެކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo
  1. ާމައިދައިތަ

    އެއްމެ ބޮޑެތި ފިނޑީން ކަންތައްކުރާގޮތަށް ރނަޝީދު ކަންތައް ކުރަން ތި އުޅުއްވަނީ، ދޮގުހަދާ އޮޅުވާލުމްކީ ރނަޝީދާ އެމްޑީޕީގެ ފަލްސަފާ،
    މަޖުލިސް ރައީސްގެ ހައިސިއްޔަތުނ ލިބިވަޑައިގެންފާވާ ބާރެއްގެ ނާޖާއިޒު ބޭނުން ހިފުމަކީ އަދި ހައްލެއް ނޫން ތީ އެއްމެ ދަށުދަރަޖައިގެ އަމަލެއް، ތިމާމެންގައިގަ ހުރި ނޭދެވޭ އަމަލު ތަކުގެ އަޑުއެހުމުގެ ގާބިލުކަންވެސް ހުންނަން ޖެހޭނެ، ރނަޝީދަށް ދަންނަވާލަން ބޭނުންވަނީ އަމުރުކުރާން އެދޭނަމަ ކިއަމަންވާން ދަސްކުރާށޭ.