އާއްމު އިޖުތިމާޢީ ރައްކާތެރިކަމަށް ހިޔާގެ ރައްޔިތުން ހޭލުންތެރިކުރުމަށް ހަވީރެއް ބާއްވައިފި

އާއްމު އިޖްތިމާޢީ ރައްކާތެރިކަމާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް ހިޔާ ސަރަޙައްދުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެޗްޑީސީން ވިދާޅުވީ ހިޔާ ސަރަހައްދުގައި ހޭލުންތެރިކުރުމުގެ ގޮތުން އެޗްޑީސީއިން އިސްނަގައިގެން ފުލުހުންްނާއި، ރެޑްކުރެސެންޓް، ހުޅުމާލެ ހޮސްޕިޓަލް، އެމް.އެން.ޑީ.އެފް އަދި މާލެ ސިޓީގެ އ.ތ.މ. ކޮމިޓީ ގުޅިގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެޗްޑީސީންވަނީ ހިޔާ ސަރަޙައްދު ސާފުކޮށް ބޭއްވުމަށް އެންމެން އެކުގައި މަސައްކަތް ކުރާނެ ގޮތްތަކަށް ވެސް، ހިޔާގެ ރައްޔިތުން ހޭލުންތެރިކޮށްފައެވެ. އެގޮތުން ކުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރުމާއި، އެކި ބާވަތުގެ ކުނި އުކުމުގައި ޢަމަލު ކުރާނެ ގޮތްތަކާއި، ކުނިއުކުމުގައި ހެދިފައިވާ ގަވާއިދުތައް ކިޔައިދީފައިވެއެވެ.
މިހަރަކާތް ކުރިއަށްގެންދިޔައީ އިޖްތިމާޢީ ހަވީރެއްގެ ގޮތަށެވެ. އެމްއެންޑީއެފުން ވަނީ، އަލިފާނުގެ ޙާދިސާއެއް ހިނގައިފި ނަމަ ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު އާންމުންނަށް ދީފައެވެ. މީގެ އިތުރުން، އަލިފާން ނިންވުން ފަދަ ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު އާއްމުންނަށް ދީފައިވެއެވެ.
މި ހަރަކާތުގައި ހިޔާގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.