މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓުކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުން މިއަދު ވެސް ކަރަންޓުގެ ޚިދުމަތް ނުލިބިދާނެކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު 15:30އިން 17:00އަށް ގަލޮޅުގެ ހަނދުވަރުދޭ ހިނގުމާއި، ހުސްނުހީނާ މަގުގެ އިތުރުން މަޖީދީމަގު ހިމެނޭ ސަރަހައްދުން ކަރަންޓުކެނޑިދާނެ ކަމަށެވެ.
މި ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުނުހައި އަވަހަކަށް އަނބުރާ ކަރަންޓު އިއާދަކުރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.