ޚަބަރު ސިޔާސީ

"ޕީޕީއެމްގެ އާއިލާއަކީ ބަދަހި އާއިލާއެއް"

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އާއިލާއަކީ ބަދަހި އާއިލާއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by STELCO

"ނޭވާހޮޅިއަށް" މިނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި ސުލްހަވެރި އެއްވުމުގެ ބައިވެރިންގެ ތެރެއިން، 17 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި، އެ އެންމެން ވެސް ތިބީ އަތޮޅުވެހީގައެވެ. އަދި މިއަދު 12:00އަށް އެންމެން މުއްދަތު މަޖިލީހަށް ހާޒިރު ކުރާނެއެވެ.

ހައްުޔަރު ކުރި މީހުންނަށް އެހީތެރިވުމުގެ ގޮތުން ޕީޕީއެމް-ޕީއެންސީން ރޭ ވަނީ، އެމީހުންނަށް ކޮސްމެޓިކް ސާމާނު ހަދިޔާކޮށްފައެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ދަސްކޮށްދެއްވީ، ފިޔާތޮށި ލަޝްކަރުގެ ކޮންމެ މީހަކަށް ދިމާވާ އަނިޔާއަކާއި ނިކަމެތި ކަމެއްގައި ވެސް އެންމެން ބައިވެރިވާން ކަމަށެވެ.

އިއްޔެ ބޭއްވި އެއްވުން ލީޑު ކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް، ސެކިއުރިޓީން ހުއްދަ ނުދިނުމުން، އެ މަނިކުފާނު އެއްވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!