ޚަބަރު ސަރުކާރު

އައްޑޫ ސިޓީގެ ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

މި މަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ވެން އޫޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑްރެޖިންގް، ކޮރނީލިއަސް އެޑްރިއާން ޑި ބްރުއިންއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!