ޚަބަރު

ރާޑަރު ސިސްޓަމް އިފްތިތާހުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަރވެއިލަންސް ސިސްޓަމެއް ޤާއިމްކޮށްފިއެވެ.

Ads by Hajj Corporation

މިސިސްޓަމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރެވެ.

މި ރާޑަރު ސިސްޓަމަކީ ސްރީލަންކާ، އިންޑިއާ، އަދި މޮރިޝަސް، ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި އެއް ވިއުގައަކުން ގުޅައިލެވޭނެ ނިޒާމެކެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ސިސްޓަމްގެ ސަބަބުން އެ މުއައްސަސާގެ ޤާބިލުކަން އިތުރަށް ފުޅާވާނެކަމަށެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެކަމަށް ވެސް އެ މުއައްސަސާއިން ވިދާޅުވިއެވެ.

ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަރ ސިސްޓަމް ވަނީ ޤާއިމުކުރެވިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދެވިފައި ވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި ރާޑަރ ސްޓޭޝަންތައް އޮޕަރޭޓް ކުރުމުގައި މިހާރު ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!