ދުނިޔެ

"ފަހު ލޭތިއްކާ ހަމައަށް ވެސް މިނިވަންކަމަށް މަސައްކަތް ކުރާނަން"

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ފަލަސްތީނުގެ ރައްޔިތުން "ލޭންޑް ޑޭ" ފާހަގަ ކުރަނީ

ފަލަސްތީނުގެ ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ "ބިމުގެ ދުވަސް" ފާހަގަކޮށްފިއެވެ.

Ads by Sosun Fihaara

ކޮންމެ އަހަރެއްގެ މާޗުމަހުގެ 30ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ބިމުގެ ދުވަސް ފާހަގަކުރާއިރު، މި އެއްވުމުގައި ގޮވައިލަނީ އިޒްރާއީލުގެ ޔަހޫދީން ހިފައިފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށެވެ.

ބުދަ ދުވަހުގެ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފަލަސްތީނުގެ ދިދައާ އެކު މަގުމައްޗަށް ނުކުމެ، މިނިވަންކަމަށް ޓަކައި ވަކާލާތުކޮށްފައެވެ.

"މިއީ އަހަރުމެންގެ ބިމެއް"

ޣައްޒާގައި ބޭއްވި އެއްވުމުގައި ބައިވެރިވި އުއްމު މުސަބް އަބްދުލް-އާލްއަކީ ހަތް ކުދިންގެ މަންމައެކެވެ. އޭނާ ބުނީ ފަލަސްތީނުގެ ބިމަކީ އެމީހުންގެ ބިމެއް ކަަމަށާއި، އެ ބިން މިނިވަން ކުރުމަށް ޓަކައި، އެންމެ "ފަހު ލޭ ތިއްކާ ހަމައަށް ވެސް " މަސައްކަތް ކުރާނެ ކަަމަށެވެ.

އޭނާ އެ އިޝާރާތް ކުރީ ފަލަސްތީނުގެ ރައްޔިތަކު ނުކުމެ ބަޑިން ހަމަލާދީ ފަސް ޔަހޫދީއަކަށް ދިން ހަމަލާއަށެވެ.

މި އެއްވުމުގެ ބައިވެރިންނާ ވާހަކަ ދެއްކި ފަލަސްތީނުގެ ނެޝަނަލް ކޮމިޓީގެ މެމްބަރަކު ބުނީ ޔަހޫދީން އެމީހުންގެ ބިންތައް ނުހައްގުން ފޭރިގެން ހިސާބުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ހަމަޖެހުމެއް ނެތް ކަމަށެވެ. ފަލަސްތީނުން މިނިވަންކަމަށް މަސައްކަތް ކުރާއިރު، އެމީހުންގެ ތެރޭގައި އޮތް ސިޔާސީ ބައިވައިވުން ނިމުމަކަށް ގެނައުމަށް ވެސް އޭނާ ގޮވައިލިއެވެ.

"އަހަރުމެން އެނބުރި އަންނާނަން"

އެއްވުމުގައި ބައިވެރިވި އުމުރުން 65 އަހަރުގެ އަބޫ މުހައްމަދު ސޮލާހު ބުނީ، ކޮންމެ އަހަރެއްގެ "ލޭންޑް ޑޭ"ގައި މިނިވަންކަމަށް އިތުރު އުއްމީދެއް ކުރެވޭ ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ އެނބުރި އައުން ގާތް ވަމުން އަންނަ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.

އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތީ 1967ވަނަ އަހަރުގައި ކުރި ހަ ދުވަހުގެ އަރަބި ހަނގުރާމައަށް ފަހުގައެވެ.

އެ ހަނގުރާމައަށް ފަހުގައި ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސް ވަނީ ޔަހޫދިޏްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!