ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފި

ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ޑރ. ހުސައިން ފާއިޒް ސަސްޕެންޑްކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑރ. ފާއިޒު ހުންނެވީ މަސްއޫލިއްޔަތުން އެކަހެރި ކުރައްވައިފައި ކަމަށެވެ.
ޑރ. ފާއިޒްގެ މައްޗަށް ކޮށްފައި ވަނީ ސީސީޓީވީ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތާއި ކޯޓުގެ ސިއްރު މައުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށްދޭކަމުގެ ތުހުމަތެވެ. އެހެންކަމުން އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ މަގާމުން އެކަހެރިކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ކަންތައްގަނޑެއް ހިންގަންޏާ ހީވާނެ މީހުން ފާރަލާހެން ވެސް،ފާރަލާބަލަން ނުޖެހޭ ގޮތަށް ކަންކަން ކުރަންޏާ އެހެން މީހުން ކަންތައްތައްބަލާ ހޯދާކަށް ނޫޅޭނެތާ.