ދެން ރެސިޕީ | ސްޓްރޯބެރީ ލެމޮނޭޑް
މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު އަދި އެހާމެ ފިނި ބުއިމެކެވެ.
ބޭނުންވާ ތަކެތި:
1/2 ޖޯޑު ލުނބޯ ހުތް
1/3 ތަށި ހަކުރު
1/3 ތަށި ފެން
3 ސްޓްރޯބެރީ (ކުދިކޮށް ކޮށާފައި)
20-30 މިންޓް ލީވްސް
5 އައިސް ކިއުބް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ސިރަޕް ހެދުމަށް، ތެއްޔަކަށް ހަކުރު އަދި ފެން އަޅައި އެއްކޮށްލާށެވެ. މެދު ގިނީގައި 5-10 މިނެޓު ވަންދެން ހަކުރު ވިރެން ދެން ކައްކާލާށެވެ.
ދެން ތައްޓަކަށް ލުނބޯ ޖޫސް، ކުރިން ތައްޔާރުކުރި ސިރަޕް، ސްޓްރޯބެރީ، މިންޓް ލީފް އެޅުމަށް ފަހު ރަހަ ނިކުންނަ ވަރަށް ޗަސްކޮށްލާށެވެ. އެއަށް ފަހު ފެނާއި އައިސް ކިއުބް އަޅައި އެއްކޮށްލާށެވެ.
Ads by HDC