އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ރޯދަ: ކޮންމެ ދުވަހަކު 1 ޖީބީ ހިލޭ ލިބޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، މި ބަރަކާތްތެރި މަހުގައި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރތަކެއް މިއަދު ތަޢާރަފްކޮށްފިއެވެ.

Ads by MWSC

ރަމަޟާންމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި:

ގުޑް މޯނިންގް މޯލްޑިވްސް

ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމުން ރަމަޟާންމަހުގެ ކޮންމެ ދުވަހެއް ވެސް ފެށިގެންދާނީ 1ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާ އެކުއެވެ. ދުވަހުގެ ހިލޭ ޑޭޓާ އެލަވަންސް ހޯއްދެވުމަށް، ފަތިހު 4:00އިން ހެނދުނު 8:00އާ ދެމެދު 5252އަށް "BONUS" ޖައްސަވައިފައި އެސްއެމްއެސް އެއް ފޮނުވައިލުމުން ޑޭޓާ ލިބިގެންދާނެއެވެ. އެކްޓިވޭޓް ކުރާވަގުތުން ފެށިގެން އިރުއޮއްސި 6:00އާ ދެމެދު ލިބިވަޑައިގަންނަވާ ބޯނަސް ޑޭޓާ ބޭނުން ކުރެއްވޭނެއެވެ.

އުރީދޫ ރަމަޟާން ލަކީ ޑްރޯ އާއެކު އުމްރާ ދަތުރެއް

ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ވަނީ މި މަހު އުރީދޫގެ ކޮންމެ ޚިދުމަތެއް ވެސް އެކްޓިވޭޓް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކާއެކު ލަކީ ޑްރޯއެއް ހުޅުވައިލައިފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން 2 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް

އުރީދޫ މޯލްޑިވްސްއިން މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ސުޕަނެޓްގެ ޚިދުމަތް ފަސޭހަކަމާ އެކު އޮންލައިންކޮށް ހޯދާލުމަށް ނުވަތަ ޕްލޭން އަޕްގްރޭޑް ކުރެއްވުމަށް ore.do/supernet ޒިޔާރަތްކޮށްލައްވާށެވެ.

ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ޚާއްޞަ ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީއަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް، ކަސްޓަމަރުންނަށް 100 މިނެޓާއި 1ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެއެވެ.

އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުން

އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރު ވެސް ފަހިކޮށްދީފައެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫއެޕް ޑައުންލޯޑް ކޮށްލައްވާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށް ވެސް އުރީދޫއިން މަރުހަބާކިޔައެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާ އެކު ފައިސާ ދައްކައިލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.

ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު

މި ރަމަޟާން މަހު، އުރީދޫ ކަސްޓަމަރުންނަށް ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު ވަނީ އުރީދޫ މޯލްޑިވްސްއިން ހުޅުވައިލައިފައެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofyޒިޔާރާތްކުރައްވާށެވެ.

އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަރޓް

މި ރަމަޟާން މަހު ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އެހީ އެލަރޓް ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. ވައިބަރ ބޭނުންނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

ރީތިޓިއުންސް

ޖެއްސެވުމަށް ފަހު 4000އަށް އެސްއެމްއެސް ކުރައްވައިގެން “ރަމަޟާން” ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަތަޖުރިބާއެއް ހޯދުމަށް ވަނީ ފަހިކޮށްދީފައެވެ.

  1. ޓޫޓް

    އެންމެ މީހުން ބޭނުންނުކުރާނެހެން ހީވާ ވަގުތު ތި ދެނީ ފުރީކޮން ދޯ. މޮޅު.