އޭޝިއާ ދުނިޔެ

އިންޑިއާއިން ސްރީލަންކާއަށް ކާޑު ފޮނުވަނީ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިގްތިޞާދީ ކާރިސާއެއްގެ ތެރޭގައި އޮތް ސްރީލަންކާއަށް އެހީވުމަށް އިންޑިއާއިން ނިންމައިފިއެވެ.

Ads by WAMCO

އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި އެ ގައުމުން ވަނީ ތިންލައްކަ ޓަނުގެ ކާޑުގެ ބާވަތްތައް އަވަށްޓެރި ސްރީލަންކާއަށް ފޮނުވުމަށް ނިންމައިފައެވެ. ކްރެޑިޓް ލައިނެއްގެ ތެރެއިން ނިއުދިއްލީން ދޭން ނިންމި މި އެހީގެ ދަށުން 30 ހާސް ޓަނުގެ ހަނޑޫ އަންނަ ހަފްތާ ތެރޭގައި ސްރީލަންކާއަށް ފޮނުވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި ހަނޑުލުގެ އިތުރުން ކާޑުގެ އެހެނިހެން ބާވަތްތައް ވެސް ސްރީލަންކާއަށް ފޮނުވުމަށް ސްރީލަންކާގައި މިހާރު ވެރިކަން ކުރަމުންދާ ރާޖަޕަކްސަ އާއިލާއާ މެދު ނަފްރަތު އޮންނަ ނިއުދިއްލީން ބުނެފައި ވެއެވެ.

އިންޑިއާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިނެއް ކޮލަމްބޯއަށް ހަމަޖައްސައިދީފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ފޮރިން ރިސާވް އެެކްސްޗޭންޖްގައި ސްރީލަންކާގެ ރުޕީސްގެ އަގު ވަނީ 70އިންސައްތަ ވެއްޓިފައެވެ. އަދި އެކަމުގެ ސަބަބުން މުދަލުގެ އަގު ވަނީ އަތްނުފޯރާ ފަށުގައެވެ. މީގެ ތެރޭގައި އެންމެ އަސާސީ މުދާ ވެސް ހިމެނެއެވެ. ގޭހާއި ތެލާ އަދި ކާޑުގެ ބާވަތްތަކުގެ އަގު މަތިވެ ، ލިބުން ދަތިވެ ސްރީލަންކާގެ މާހައުލު ވަނީ ހައިޖާނުގަނޑެއްގައެވެ. މީގެ ސަބަބުން އާންމު ރައްޔިތުން ނިކުމެ ގޮތަބަޔާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދޭން ފެށުމާ ގުޅިގެން ރައީސް ގޮތަބަޔާ ވަނީ އެ ގައުމުގައި އިމަޖެންސީ އިއުލާންކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!