ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ތިން މީހުން ޝަހީދު ކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ދިން ހަމަލާއެއްގައި ޤުދުސްގެ ހުޅަނގު އައްސޭރީގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

Ads by Sosun Fihaara

އިޒްރޭލު ސިފައިން ބުނީ މި މީހުންނަކީ ހަތިޔާރު އެޅި މީހުންކަމަށާއި "ބަޑިޖަހައި މަރައިލައިފައި ވަނީ" ފަތިސް ނަމާދުގެ ވަގުތުގައި ކަމަށެވެ.

"މިއީ ފަހަކަށް އައިސް ސަލާމަތީ ބާރުތަކާ ދެކޮޅަށް ޓެރަރިޒަމްގެ ހަރަކާތެއްގައި ބައިވެރިވެފައިވާ ޓެރަރިސްޓް ސެލްއެއްގެ މީހުން، ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ދިޔައީ އެހެން ހަމަލާއަކަށް ދޭނެ ކަމަށް ބުނަމުން،" ސިފައިން ބަޔާނުގައި ހޮނިހިރު ދުވަހު ބުންޏެވެ.

މިކަމާ ގުޅިގެން ފަލަސްތީނުގެ އޮފިޝަލުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަންޒަރު ދުށް ފަލަސްތީނު މީހުން ސޯޝަލް މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ ޖެނީންގެ ދެކުނުން އޮންނަ އަރްރާބާ ޖަންކްޝަންގައި ތިން މީހުން މަރައިލައިފައިވާ ކަމަށެވެ. އަދި މިމީހުން ހަމަލާދިނުމަށް ފަހު، ޒަޚަމްވެފައި އޮއްވާ،އިސްރާއީލު ސިފައިން ވަނީ ޕެރަމެޑިކްސްއަށް ވަނުމަށް އިންކާރުކޮށްފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ފަލަސްތީނުގެ އިމަޖެންސީ ސާވިސަސްގެ މަސްދަރުތަކުން އަލް ޖަޒީރާއަށް ބުނެފައި ވަނީ، އިޒްރޭލު ސިފައިން އެ ތިން މީހުންގެ ހަށިތައް އެ މީހުންގެ އާއިލާއާ ހަވާލުވާން ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އިސްރާއީލުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!