ދެން ރެސިޕީ | ޗީޒް ބޯލްސް

ޗީޒް ބޯލްސްއަކީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާނެ ހެދިކާއެކެވެ. ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެހާމެ މީރު ހެދިކާއެކެވެ.
ބޭނުންވާ ތަކެތި:
3 ބިސް (ކައްކާފައި)
2 މޭޒުމަތީ ސަމްސާ ފުށް
1/8 ސައި ސަމްސާ އަސޭ މިރުސް
1/4 ޖޯޑު މޮޒަރެއްލާ ޗީޒް
1/2 ސައި ސަމްސާ އޮރެގާނޯ
1 ޖޯޑު ފާރޮށި ކުނޑި
1 މޭޒުމަތީ ސަމްސާ މަޔޯ
1/2 ސައި ސަމްސާ ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކައްކާފައި ހުރި ބިސް އުލެއް ބޭނުން ކޮށްގެން ރަނގަޅަށް ކުދިކޮށްލާށެވެ. އޭގެ ތެރެއަށް އަސޭ މިރުސް، އޮރިގާނޯ، ލޮނު، ފުށް، މަޔޯ އެޅުމަށް މަހު އެެއްކޮށްލާށެވެ. ބާވަތްތައް ރަނގަޅަށް އެއްވުމުން އޭގެން ކުދި ގުޅަ ހަދައި މެދަށް ވާގޮތަށް މޮޒަރެއްލާ ޗީޒްކޮޅެއް ލާށެވެ. ދެން ގުޅަ ވަށްކުރުމަށް ފަހު ފާރޮށި ކުނޑި ހާކާށެވެ. އެއަށް ފަހު ތެލުލާށެވެ. ބޭނުން ނަމަ އަވަނުގައި ފިހެލާށެވެ.