މެލޭޝިއާއަށް ކަނޑައަޅައިފައިވާ ސަފީރު ވިސާމް އިސްތިއުފާ ދެއްވައިފި

ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅައިފައިވާ ސަފީރު ވިސާމް އަލީ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސަފީރުކަމުން ވިސާމް އިސްތިއުފާ ދެއްވާފައިވާކަން ފޮރިން މިނިސްޓްރީން ވަނީ ޔަގީން ކޮށްދެއްވައިފައެވެ. އަދި އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ޓްވީޓެއް ވެސް ކުރައްވައިފައެވެ.
ވިސާމް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ފޮރިން މިނިސްޓްރީން މިރޭ ޔަގީން ކޮށްދީފައިވީ ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވައިފައެއް ނުވެއެވެ.