ދެން ރެސިޕީ | މޮންގޯލިއަން ރައިސް

ބޭނުންވާ ތަކެތި:
250 ގްރާމް ބާސްމަތީ ރައިސް (ކައްކާފައި)
2 މޭޒުމަތީ ސަމްސާ ބްރޮކޮލީ (ކުދިކޮށް ކޮށާފައި)
3 ބޭބީ ކޯން (ކުދިކޮށް ކޮށާފައި)
1 ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)
ކެބެޖް 50 ގްރާމް
1 ސައި ސަމްސާ ސެސަމީ ސީޑްސް
1/2 ސައި ސަމްސާ އިނގުރު، ލޮނުމެދު
1 މޭޒުމަތީ ސަމްސާ ސޮޔާ ސޯސް
1 މޭޒުމަތީ ސަމްސާ އޮއިސްޓަރ ސޯސް
1 މޭޒުމަތީ ސަމުސާ ބަޓަރު
ލޮނު (ރަހަލާ ވަރަށް)
1 ޖޯޑު ކުކުޅު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
1 މިރުސް
1 ފިޔާ (ކިއުބްކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
ތަވާ ހޫނު ކުރުމަށް ފަހު ބަޓަރ އަޅައިލާށެވެ. އެއަށް ފަހު ފިޔާ، މިރުސް، އިނގުރު، ލޮނުމެދު އަޅައި ފިޔާ ރަތް ވަންދެން ކައްކައިލާށެވެ. އެއަށް ކުކުޅުކޮޅު އަޅައި ރޯފިލުވާލާށެވެ. ދެން ބްރޮކޮލީ،ބޭބީ ކޯން، ބެލް ޕެޕަރ، ކެބެޖް، އަޅައި ހުރިހާ ބާވަތެއް މަޑުވަންދެން ކައްކައިލާށެވެ. ދެން ސެމީ ސީޑް، ސޮޔާ ސޯސް، އޮއިސްޓަރ ސޯސް، ޓޮމާޓޯ ޕޭސްޓު އަޅައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ބަތް ކޮޅު އަޅައިލާށެވެ.