ރެސިޕީ

ދެން ރެސިޕީ | ޗިކަން ސޭންޑްވިޗް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1/3 ޖޯޑު މެޔޮނައިޒް
1/2
ލުނބޮލުގެ ހުތް
ލޮނު / މުގުރި އަސޭމިރުސް
1
ބޯންލެސް ކުކުޅު
1
މެދު ސައިޒްގެ ފިޔާ (ކުދިކޮށް ކޮށާފައި)
8
ފޮތި ޕާން
2
މޭޒުމަތީ ސަމުސާ ބަޓާ
1
ޓޮމާޓޯ (ތުނިކޮށް ފޮތިކޮށް ކޮށާފައި)
8
ފޮތި ޗީޒް

Ads by WAMCO

8 ލެޓިއުސް ފަތް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ, އަވަން ހޫނުކުރަން ޖައްސާށެވެ. ބޯތައްޓެއްގައި މެޔޮނައިޒް، ލުނބޯ ހުތް، ލޮނު، އަސޭމިރުސް ރަގަނޅަށް އެއްކޮށްލުމަށް ފަހު 4 ޕާނުގެ އެތެރެއަށް ވާ ފަޅީގައި ހާކާލާށެވެ.

ތަވައަކަށް ތެޔޮ އަޅައި ހޫނުކޮށްލުމަށް ފަހު ރަނގަޅަށް ރޯފިލަން ދެން ކުކުޅުތައް ތެލުލާށެވެ. ތެލުލައި ނިމުމުން ތަވައިން ނެގުމަށް ފަހު އުލެއް ބޭނުންކޮށްގެން ކުކުޅުތައް ކުދިކޮށްލާށެވެ.

ކުރިން ތައްޔާރުކުރި ޕާންތަކުގެ މައްޗަށް ކުކުޅު އަޅައި ދެ ޓޮމާޓޯ ފޮތި، ލެޓިއުސް އަދި ޗީޒް 2 ފޮތި ބާއްވައިލާށެވެ. އެހެން ޕާންފޮއްޗެއް މަތީގައި ބާއްވައިލާށެވެ. ހުރިހާ ޕާނެއް ހުސްވަންދެން މިހެން ކުރިޔަށް ގެންދާށެވެ. ދެން ތައްޔާރުކުރި ސޭންވިޗްތަކުގެ ދެފަޅީގައި ބަޓަރު ހާކާލާށެވެ.

ސޭންޑްވިޗްތަށް ތައްޔާރުވުމުން އަވަން ޓްރޭއެއްގެ މަތީ ބޭކިން ޝީޓް އެޅުމަށް ފަހު ސޭންޑްވިޗްތައް އަތުރައިލާށެވެ. އަދި އަވަނުގެ ތެރެއަށްލާ 5-8 މިނެޓާ ދޭތެރޭ ފިހެލާށެވެ.

* ނޯޓް : ބޭކިން ޝީޓް ނުލިބިއްޖެ ނަމަ ޓްރޭގައި ބަޓަރު ހާކާ، ފުށްއަޅާ ފެތުރުމަށް ފަހު ވެސް ފިހަން ލެވިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!