މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވީއަައިއޭއަށް ޖައްސައިފި

މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީ ހާލަތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
“ދެންއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، އެމަޖެންސީގައި ވީއައިއޭ އެއާޕޯޓަށް ޖެއްސީ ދިމާވި ޓެކްނިކަލް މައްސަލަައަކާ ގުޅިގެން ކަމަށެވެ.
ޝަމްއާން ވިދާޅުވީ ރައްކާތެރިކަމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފްލައިޓު މިހާރު ޖައްސައިފައިވާ ކަމަށެވެ.
އެ ފްލައިޓަކީ ކޫއްޑޫން ކައްދުއަށް ދަތުރުކުރި ފްލައިޓެއް ކަމަށާއި އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރޫޓު ބަދަލުކުރީ ކައްދުއަށް ޖައްސަން އުޅުނުއިރު ލޭންޑިން ގިއަރ މަސައްކަތް ނުކުރާތީ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފައި ވަނީ މިރޭ 20:05ގައެވެ.