ރެސިޕީ

ދެން ރެސިޕީ | ބީފް ސަބްމެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

4 ސަބްމެރީން ބަނަސް

1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)

4 ލޮނުމެދު (ކުދިކޮށް ކޮށާފައި)

½ ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

¼ ޖޯޑު ކުދިކޮށް ކޮށައިފައިވާ ލީކްސް

1 ބޮޑު ޓޮމާޓޯ

½ ބޮޑު ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ މެޔޮނެއިސް

2 ސައިސަމުސާ ޗިލީ ސޯސް

2 ސައިސަމްސާ އޮއިސްޓަރ ސޯސް

6 ފޮތި ޗެޑަރ ޗީޒް

1 ސައިސަމްސާ ލޮނު

1 ޖޯޑު ބީފް

2 ސައިސަމުސާ ބަޓަރު (ބަނަހުގައި އުނގުޅައިލުމަށް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބީފް ކުދިކޮށް ކިއުބް ގޮތަށް ކޮށައިލާށެވެ. ދެން ކުޑަ ލޮނުކޮޅެއް އަޅައި އެއްކޮށްލުމަށް ފަހު ރަން މުށި ކުލަ އަރަންދެން ރަނގަޅަށް ތެލުލާށެވެ.

ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށް ފަހު ހޫނު ވުމުން ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، އަޅައި ފިޔާ ރަތް ވަންދެން ކައްކައިލާށެވެ. ދެން ލީކްސް، ބެލް ޕެޕަރ އަޅައިލާށެވެ. މަޑުވުމުން ޓޮމާޓޯ، އޮއިސްޓަރ ސޯސް، ޗިލީ ސޯސް އަޅައި އެެއްކޮށްލާށެވެ.

އެއަށް ފަހު ބީފް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ޗީޒް ފޮތިތައް ތެލީގެ ތެރެއަށް އަޅައިލާ އެއްކޮށްލުމަށް ފަހު ޗީޒްތައް ވިރެންދެން ކައްކައިލާށެވެ.

ބޯތައްޓެއްގެ ތެރޭގައި މެޔޮނައިސްއާއި ޗިލީ ސޯސްކޮޅު އެއްކޮށްލާށެވެ.

ދެން ސަބްމެރީން ބަނަސްތައް އަރިމަތިން ފަޅައިލާށެވެ. އަދި ކޮންމެ ބަނަހެއްގެ ބޭރުގައި ރަނގަޅަށް ބަޓަރު އުނގުޅުމަށް ފަހު ހޫނުކޮށްފައިވާ ތަވައެއްގެ މަތީގައި ޓޯސްޓްކޮށްލާށެވެ. ދެ ފުށް ވެސް ޓޯސްޓް ކުރަންވާނެއެވެ.

ކުރިން ތައްޔާރުކުރި މެޔޮނެއިސްއާއި ޗިލީ ސޯސް ބަނަސް ފަޅައިލި ތަނުގެ އެތެރެއިން ދެ ފަރާތުގައި އުނގުޅައިލާށެވެ. ދެން ކުރިން ތައްޔާރުކުރި މަސްގަނޑު ތިން ބަޔަށް ބަހާލުމަށް ފަހު ބަނަހުގެ ތެރެއަށް އަޅައިލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!