މިއަހަރު މިހައިތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 500,000އާ ގާތަށް

މިއަހަރުގެ މިހައިތަނަށް 498،235 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
އަހަރުގެ މިހައިތަނަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ގައުމުން 65،683 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 54،532 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައި އިންޑިއާއިން 50،242 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،837 ފަތުރުވެރިން އާދެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެވަރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.