ޚަބަރު

ޣައްސާނާއި ސައީދު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސް ދެ މެމްބަރުން ކަމަށްވާ ތ.ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގަވައިފިއެވެ.

Ads by Sosun Fihaara

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސައީދާއި ޣައްސާން ފުލުސް އޮފީހަށް ހާޒިރުވާން އަންގަވައިފައި ވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ކަމަށެވެ.

ހީނާ ވިދާޅުވީ ސައީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގަވައިފައި އޮތީ މިރޭ 9:00 ޖަހާއިރަށެވެ. އަދި ޣައްސާން ހާޒިރުވާން އަންގަވައިފައި އޮތީ މިރޭ 10:30 އަށްކަމަށެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން ޕާޓީގެ އިސް ބައެއް މެމްބަރުން ހައްޔަރުކޮށްފައިވެއެވެ. ޣައްސާނާއި ސައީދު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް އެތައް ގަޑިއިރަކު ހިފެހެއްޓިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އެދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަކީ ޤާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް އެ މުޒާހަރާގެ ތެރެއިން ހިންގުމަށް ރޭވި މުޒާހަރާއެއްކަމަށެވެ.

Ads by HDC
  1. ގާދިރު

    ގެންގޮސް ދޫނިދޫގައި ބައިތިއްބާ

  2. އަތްޕޭރާ

    އަނެއްކާ ވެސް ހަސަދައިގެ އަލިފާންގަނޑު ހުޅުފަޅައިގެން ދިއެއީދޯ، ރަމުލޯންމަހުވެސް މީހުން ފަހާދުވުން ނޫން ކަމެއް މި އަނިޔާވެރި ލާއިންސާނީ ކޯލިސަން ސަރުކާރަށް ކުރާކަށް ނޭގުނު، މިސަރުކާރެކޭ އިންޑިއާއެކޭ ތަފާތު އެއްވެސްކަމެއް މިހާރަކު ނެތް، އެހެންތާ ވާނީވެސް ވެރިކަމަށް އަރާވެސް އެ ތިބީ ގޮއްމުށުގެ ބާރުން ވިއްޔަ.