ރެސިޕީ

ދެން ރެސިޕީ | އޮރެންޖު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

300ގ ފުށް

Ads by Sosun Fihaara

250 ގ. ހަކުރު

4 ބިސް

300 ގ. މާޖިރިން

2 ސައި ސަމްސާ ބޭކިން ޕައުޑަރ

2 މޭޒުމަތީ ސަމްސާ ހިކިކިރު

1 ސައި ސަމްސާ ވެނީލާ އެސެންސް

2 އޮރެންޖް (ދިޔަ ފެލާފައި)

1 އޮރެންޖުގެ ތޮށި (ގާނާފައި)

ތައްޔާރުކުރާނެ ގޮތް:

ހަކުރު، ބިސް އަދި މާޖިރިން ރަނގަޅަށް ގިރާ އެއްކުރުމަށް ފަހު އޮރެންޖުގެ ދިޔަ އަދި އޮރެންޖުގެ ތޮށި އަދި އެސެންސް އެޅުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.

ދެން ފުށްކޮޅު ބޭކިންޕައުޑަރާ އެކު ފުރާނާލުމަށް ފަހު ކުރިން ގިރި މިކްސްގެ ތެރެއަށް އަޅާލުމަށް ފަހު އެއްކޮށްލާށެވެ.

150 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރުމަށް ފަހު ކޭކް ފިހެލާށެވެ. ފިހެވުނުތޯ ބެލުމަށް ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށް ފަހު އޭގައި ނުހޭކޭ ނަމަ އެހެރީ ފިހެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!