ޚަބަރު ސިޔާސީ

އެނގިގެން މި ދިޔައީ ރައީސް ޞާލިޙަކީ ތަންދޮރު ނޭނގޭ ބޭފުޅެއްކަން: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައި ނެރުއްވި ގަރާރުން  އެނގުނީ އެ މަނިކުފާނަކީ ތަންދޮރު ނޭނގޭ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ އެއްވެސް އިލްމީ ފޭރާމެއް ނެތް، ތަންދޮރު ނޭނގޭ ބޭފުޅެއްކަން މިއަދު ހާމަވެއްޖެ ކަމަށެވެ. އަދި “މީހަކުދޭ ކޮންމެ އެއްޗެއްގައި ސޮއިކުރާއިރު، ތިމާއަށް ލިބިގެންވާ ބާރެއްތޯ ވެސް ބަލަން ނޭނގުނު (ކަމަށާއި) އެންމެ ބޮޑު ނުރައްކަލަކީ މިފެންވަރުގެ ވެރިޔަކު ހުރުން” ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ރައީސް ޞާލިޙް ހުވާކުރެއްވީ ޤާނޫނު ނަގަހައްޓަން ކަމަށާއި ޤާނޫނު ހެދުމުގެ ބާރު ލިބިގެން ނުވާ ކަމަށެވެ.

“ތިޔައީ 2008ގައި އެމްޑީޕީން ޗާޓުން ބޭރުން ހިންގަން ދިމާކުރި ފަދަ ޢަމަލެއް. މިއީ ނޯތު ކޮރެއާއެއް ނޫން. މަނިކުފާނަކީ ޚާދިމެއް، ޖައްލާދު ހެދިގެން ނޫޅުއްވާ” ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެ ހަރަކާތާ ގުޅިގެން ޤައުމީ ސަލާމާތާ ބެހޭ މަޖިލީހުން ނިންމި ނިންމުމާ އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް އަންގަވައިފައެވެ.

Ads by Ooredoo
  1. ޢިއްބެ

    އަސްލުގައި ތަންދޮރުނޭނގޭމީހަކީ ޑރޖަމީލު ރައީސްޔާމީނާދިމާލަށްބޮޑުވަގެކޭގޮވައި ވެރިކަމަށްކުފޫހަމަނުވާވާހަކަގޮވައިހެދީކާކުތޯ ވީޑިއޯތައްބަލާބަލަމިޖަމީލުގެބަހަކީމުޅިންގު އެހެންކަމަށްވާނަމަ އިންސާފުގެމަގުގައި ެ ވަކީލުކަމުގެހުއްދައާބާތިލުކޮށްއަމިއްލައެދުމަށްދޮގުހަދާމީހެއްގެގޮތުގައިބުލެކްލިސްޓުކުރެވެންޖެހެއެވެ ޕީޖީއޮފީހުންމިކަމަށްވިސްނައިގޮތެއްނިންމުމަށްމަސައްކަތްކުރަންޖެހެއެވެ

  2. ކަލޯގަޔާ

    ކަލޯގަޔާ
    ޖަމީލު ތިބޭފުޅާ ތެެދެއް ހެޔޮބަހެެއް ބުނެފާނެކަމަށް ހުދު ރ ޔާމިނުވެެސް ގަބޫލުނުކުރާނެ.

  3. ރަސްތަ

    ތައްދޮރު އިގޭމީހުން ކައްކުރާ ހެންތަ ރައީސް ޔާމީން ކައްކުރީ ނޭގުމަކީ އިލްމުގެ %50 ކަން އިގޭތަ ކަން ކުރައް އެގުން ތި މާނަ ކުރަނީ ދައުލަތް ކިހިލިޖަހާލުމައް ތަ؟