ދެން ރެސިޕީ | ޗިޕްސްމޯ ޕުޑިން

ބޭނުންވާ ތަކެތި:
1 ޖޯޑު ވިޕްޑް ކްރީމް
1 ޖޯޑު ނެސްލޭ ކްރީމް
1 ދަޅު ގެރިކިރު
2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑާ
ޗިޕްސްމޯ ޕެކެޓް (ޓްރޭގެ ސައިޒަށް އެކަށޭނަ)
ތައްޔާރުކުރާނެ ގޮތް :
އެންމެ ފުރަތަމަ ވިޕްޑް ކްރީމް ގިރާލާށެވެ. އޭގެތެރެއަށް ނެސްލޭ ކްރީމް އަޅައިލުމަށް ފަހު މިކްސް ކޮށްލާށެވެ. އެއަށް ފަހު ކޮކޯ ޕައުޑާއާއި ގެރިކިރު މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ކޮށްލުމަށް ފަހު ވިޕްޑް ކްރީމް ތެރެއަށް އަޅައިލައިއި މިކްސްކޮށްލާށެވެ.
ދެން އޮންނާނީ އެސެމްބަލް ކުރުމެވެ. އެހެންކަމުން ޓްރޭއެއް ފަދަ އެއްޗެއްގައި އެންމެ ފުރަތަމަ މި މިކްސްޗާ ހާކާލާށެވެ. އަދި އޭގެ މައްޗަށް ޗިޕްސްމޯ ބިސްކޯދުތައް އަތުރާލާށެވެ. ބިސްކޯދުތައް އެއްކޮށް ބޭނުންކުރެވި ޓްރޭ ފުރެންދެން ރިޕީޓް ކޮށްލާށެވެ. އަދި ނިންމާލަމުން ބިސްކޯދު ވަރަށް ހިމުންކޮށްފައި އޭގެ މައްޗަށް އަޅާލާށެވެ. ސާވްކުރުމުގެ ކުރިން 5-6 ގަޑިއިރު ވަންދެން ފްރިޖުގައި ފިނިކޮށްލާށެވެ.