ރެސިޕީ

ދެން ރެސިޕީ | ބީފް ސްޕެގެޓީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

4 ޖޯޑު ސްޕެގެޓީ ނުވަތަ ޕާސްތާ

Ads by WAMCO

7 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

ކުޑަ ލޮނުކޮޅެއް

3 ލޮނުމެދު
3 ހިކަނދިފަތް
½ ފިޔާ
1 ދަޅު ކޯންޑް ބީފް (340 ގްރާމް)
4 ޗީޒް ފޮތި
1 ކުޑަ ޓޮމާޓޯ ޕޭސްޓް ދަޅު

ތައްޔާރުކުރާނެ ގޮތް:

1. ބޮޑު ތެއްޔަކަށް ފެންކޮޅު އަޅައިލައި ފެންގަނޑު ކެކިގަންނަންދެން ކައްކާށެވެ.

2. ފެންގަނޑު ކެކި ގަތީމައި އޭގެތެރެއަށް ޕާސްޓާކޮޅާއި މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ. ބޭނުމިއްޔާ ލޮނުކޮޅެއް ވެސް އެޅި ދާނެއެވެ. ކޯންޑް ބީފްއަކީ ވަރަށް ލޮނުގަދަ އެއްޗަކަށް ވާތީވެ އަހަރުމެން އެޅީ ދެ އިނގިލިން ނަގާ ބުރުއްސާލެވޭވަރުގެ ލޮނުކޮޅެކެވެ.

3. ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. އަދި ފިޔައާއި ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާލާށެވެ.

4. ޕާސްޓާ ރަނގަޅަށް ކެކުމުން ފުރޭނުމަށް ފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. އަހަރުމެންގެ ޕާސްޓާ ގަނޑު ރަނގަޅަށް ކެކެން 15 މިނެޓު ވިއެވެ.

5. ބޮޑު ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅައިލައިފައި އެހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދާއި ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އޭގެ ތެރެއަށް އަޅައިލާށެވެ. އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށް ޓަކައި ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި އަވަސް އަވަހަށް ހަލަމުން ވެސް ގެންދަންވާނެއެވެ.

6. ފިޔާކޮޅު މަޑުވާން ފެށުމުން ކޯންޑް ބީފްކޮޅު އޭގެ ތެރެއަށް އަޅައިލައި ކޯންޑް ބީފްކޮޅަށް މުށިކުލަ އަރަންދެން ކައްކާށެވެ.

7. ދެން ޓޮމާޓޯ ޕޭސްޓް އަޅައި އިތުރު 5 މިނެޓެއް ހާއިރު ވަންދެން ކައްކާލާނީއެވެ.

8. އެއަށް ފަހު ކުރިން ކެއްކި ޕާސްޓާއާއި ޗީޒް ފޮތިތައް ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލައި ޗީޒްފޮތިތައް ދިޔާވާން ފަށަންދެން ކައްކާލާނީއެވެ. މިކަމަށް މިނެޓެއް ވެސް ނުނަގާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!