ޚަބަރު ޝަރުޢީ ދާއިރާ

ޑިސްޓްރިކްޓް ކޯޓު އުފައްދައި ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އެކި ސަރަހައްދުތައް ޖުޑީޝަލް ޑިސްޓްރިކްޓުތަކަކަށް ބަހައިލައި، އެ ސަރަހައްދުތަކަށް ހާއްސަ ޑިސްޓްރިކްޓު ކޯޓުތަކެއް އުފެއްދުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

Ads by Sosun Fihaara

އޭޖީ އޮފީހުން މިއަދު ވަނީ ރާއްޖޭޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރަން، ކަމާ ގުޅޭ ބައެއް ގާނޫނުތައް އިސްލާހުކުރަން އޭޖީ އޮފީހުން އެކަމާ ބެހޭ ބިލުތައް އެކުލަވައިލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވައިފައެވެ. އެގޮތުން އޭޖީ އޮފީހުން ފޮނުވި ބިލުތަކުގައި އިސްލާހުތަކެއް ގެނައުމަށް ނިންމައިފައި ވަނީ ދެ ގާނޫނަކަށެވެ. އެއީ ކޯޓުތަކުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނެވެ.

ކޯޓުތަކުގެ ޤާނޫނާށް ހަ އިސްލާހެއް ގެނައުމަށް ހުށަހަޅައިފައިވެއެވެ. އެއީ:

  • ރާއްޖޭގެ އެކި ސަރަހައްދުތައް ޝަރުއީ ޑިސްޓްރިކްޓުތަކަށް ބަހައިލުން
  • އެ ޑިސްޓްރިކްޓުތަކުގައި ޑިސްޓްރިކްޓު ކޯޓުތަކެއް އުފެއްދުން
  • ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކުރުން
  • ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ 'ސާކިޓްތަކެއް' ގާއިމްކުރުން
  • އެ ސާކިޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުން
  • ކޯޓުތައް ހިންގުމާ ގުޅޭ މި ނޫން ބައެއް އުސޫލުތަކަށް ބަދަލު ގެނައުން

ފަނޑިޔާރުންގެ ޤާނޫނަށް ގެންނަން ހުށަހަޅައިފައިވަނީ ތިން އިސްލާހެކެވެ. އެއީ:

  • ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުން
  • ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ އުސޫލުތައް އިސްލާހުކުރުން
  • ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އިސްލާހުތައް އިތުރަށް ތަފްސީލުކުރުން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!