މުނިފޫހިފިލުވުން

ސުޝާންތުގެ މެނޭޖަރުގެ މަރުގެ މައްސަލާގައި ސުޝާންތުގެ ނަން ބޭނުން ކުރުމުން އޭނާ ވަރަށް ރުއި: އަވައްޓެރިއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސުޝާންތުގެ ކުރީގެ މެނޭޖަރުގެ މަރުގެ ތުހުމަތު އެޅުމުން ސުޝާންތު ވަރަށް ރުއިކަމަށްސުޝާންތުގެ އަވައްޓެރިއެއް ކަމަށްވާ އަދި އޭނާގެ ވަރަށް ގާތްއެކުވެރިއެއް ކަމަށްވާ ސިދްހާތު ޕިތާނީ ބުނެފިއެވެ.

Ads by MWSC

އޭނާ ބުނެފައިވާ ގޮތުގައި ސުޝާންތު ވަރަށް ދެރަވެ ހުރެ ރޮމުން މެނޭޖަރު ނޫން އޭނަގެ އެއްވެސް އިތުރުމީހަކު ނެތް ކަމަށާއި މީގެ ދުވަސްކޮޅެއް ކުރިން އެ ދެމީހުން “ރޯޑްޓްރިޕް“ އަކަށް ދިޔަކަމަށާއި އަދި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށްވެސް އޭނާބުންޏެވެ.

މީގެ އިތުރުން ސުޝާންތު ގެ ކުރީގެ މެނޭޖަރުގެ މަރުގެ މައްސަލައިގައި އޭނާގެ ނަން ބޭނުން ކޮށްފައި އޮތުމުން ސުޝާންތުގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއްކޮށްފައިވާކަމަށް ވެސް ސުޝާންތުގެ އަވައްޓެރިޔާ ވަނީ ބުނެފައެވެ.

"ސުޝާންތު އެރޭ ވަރަށް ރުއި. އޭނަގެ ދައްތަ، މީތޫ ސިންގް ވެސް ހުރި އޭނަ ގާތުގައި އޭނައާއި އެއްކޮށް. އޭނަ އަށް ކާންދީ އޭނައަށް ފެންވެސް ދިނީ އޭނަދައްތަ އެރޭ. ރިޔާ މަރުވި ދުވަހު ސުޝާންތު ދައްތަ އައީ އެގެއަށް ސުޝާންތު އެކަނި ނުކޮށްލާންވެގެން" ޒޫމް ޓީވީ އަށް ދިން އިންޓަރވިއުއެއްގައި ސިދްހާތު ބުންޏެވެ.

ސިދްހާތު ބުނެފައިވާ ގޮތިގައި ސުޝާންތު ހަމައަކަށް އެޅުނީ ޖެނުއަރީ 2020 ން ފެށިގެން ކަމަށާއި އެއީ ސުޝާންތު އަށް ފިލްމަކުން ފުރުސަތު ލިބިގެންދިއުމުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!