ބޮލީވުޑް

ސުޝާންތުގެ "ސީވިއު" އެޕާރޓްމަންޓް ކުއްޔަށްދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2020 ވަނަ އަހަރު އަމިއްލައަށް މަރުވި ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕުތުގެ ސީވިއު އެޕާޓްމަންޓް ކުއްޔަށް ހިފާނެ މީހެއް ހޯދަމުންދާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފިއެވެ.

Ads by MWSC

ސުޝާންތުގެ ބަންޑްރާ އެޕާޓްމެންޓް ކުއްޔަށް ދެނީ މަހަކު 4 ލައްކަ ރުޕީސްއަށްކަމަށް ބަންޑްރާގެ ސެލެބްރިޓީ ބްރޯކަރަކު ބުނެފައިވެއެވެ. ސުޝާންތު ދުނިޔޭގައި ހުރި އިރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް 4.5 ލަައްކަ އިންޑިއަން ރުޕީސްއަށް އެ އެޕާޓްމެންޓް ކުއްޔަށް ދީފައިވާކަމަށް އޭނާ ބުނެއެވެ.

"އެޕާޓްމަންޓް ކުއްޔަށް ހިފާނެ މީހެއް ހޯދަމުން މިދަނީ. ކޮވިޑް ޕެންޑަމިކުގެ ސަބަބުން ކުއްޔަށް ދިނުމުގެ ބައެއް ޑޮކިއުމެންޓް ހަދަން ލަސްތަކެއް އުޅޭ. އެ އެޕާޓްމެންޓް ކުއްޔަށް ހިފަން އަންނަ މީހުން ވެސް އެތަން ބޭނުންވަނީ އެއީ ސުޝާންތުގެ ތަނަކަށް ވީމަ" ސެލެބްރިޓީ ބްރޯކަރ ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގު ރާޖްޕުތަށް ބިނާކޮށް ފިލްމެއް ވެސް ވަނީ ހަދައިފައެވެ. އޭނާ އަމިއްލައަށް މަރުވީތޯ ނުވަތަ ބަޔަކު އޭނާ މަރައިލީތޯ ކުރެވެމުންދާ ސުވާލު އަދިވެސް އޮތީ ސުވާލެއްގެ ގޮތުގައި ކަމަށާއި އޭނާއަށް އިންސާފު ބޭނުންވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިންޑިޔާގެ ޑްރާމާ ސީރީޒްތަކުން އެކްޓިން ކެރިއަރ ފެށި ސުޝާންތު ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާގެ މަރާއެކު މުޅި އިންޑިޔާ ރޮއްވައިލިއެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމް "ދިލް ބޭޗާރާ" އަޅުވައިފައި ވަނީ އޭނާ މަރުވި ފަހުންނެވެ.

Ads by Ooredoo
  1. އާދަމް ޒާހިރު

    މިއީ ވަރަށް އާދަޔާ ޚިލާފު ޝަޚްސެއް. އޭނާގެ އާންމު ދިރިއުޅުމުގެ ތެރެއިން މީހުނަށް ނުފެންނަފަށުގައި އާންމުންނަށް ފޯރުކޮށްދީފައިވާ އެހީއާއި، ދީފައިވާ ޚިދުމަތް އިންތިހާ އަގުބޮޑު. އަދި މީނާގެ ފިލްމީ ޙަޔާތުގައި ގިނައިން ކުޅެ ނެރެފައިވާ ފިލްމުތަކުގައި އެ ރޯލުތައް ނަގައިފައިވަނީ އެއިން ކޮންމެ ޙާދިޘާއަކީ އިންޑިއާއިން ނެތިކޮށްލަންޖެހިފައިވާ ކަންކަންކަމުގައިވީތީކަމަށް އޭނާގެ އިންޓަވިއުއެއްގައި ބުނެފައިވޭ.