ބޮލީވުޑް

ސުޝާންތާ ނުލައި "ޕަވިތުރަ ރިޝްތާ"އެއް ނެތް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގައި ކުރިއަރަމުން އައި ތަރި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަށް ފަހު، އޭނާގެ ހަނދާނުގައި "ޕަވިތުރަ ރިޝްތާ" ވަނީ އަލުން ކުޅެން ފަށައިފައެވެ.

Ads by Sosun Fihaara

އެކްޓިންގެ ދާއިރާއަށް ސުޝާންތު ފިޔަވަޅު އެޅި އެންމެ ފުރަތަމަ ޕްރޮޖެކްޓަކީ ބާލާޖީ ފިލްމްސް އިން އުފެއްދި އެ ސީރީޒެވެ. އޭގައި "މާނަވް" ގެ ރޯލަށް ވަރަށް ހޫނު ތަރުހީބެއް އޭނާއަށް ލިބުނެވެ.

ބޮޑެތި ޕްރޮޖެކްޓުތައް ލިބިގެން ފަހުން ސުޝާންތު "ޕަވިތުރަ ރިޝްތާ" ދޫކޮށްލި ނަމަވެސް، އޭނާގެ ނަން އެ ސީރީޒުން ވަތްކެއް ނުކުރެވުނެވެ.

އެކަން މިއަދު ވެސް މިވަނީ ހާމަވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 14ގައި އަމިއްލައަށް މަރުވި ސުޝާންތުގެ ހަނދާނުގައި "ޕަވިތުރަ ރިޝްތާ" އަލުން އުފެއްދި ނަމަވެސް، އޭގެން ސުޝާންތުގެ ރޯލުން ފެންނަ ޝަހީރް ޝެއިޚް ބެލުންތެރިން "މާނަވް" ގެ ރޯލުން ބަލައެއް ނުގަތެވެ.

ސުޝާންތުގެ ކުރީގެ ލޯބިވެރިތާ އަންކިތާ ލޯކަންޑޭ ވަނީ އެ ސީރީޒް އަލުން ޝޫޓް ކުރަން ފެށިކަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

ޝަހީރްއާ އެކު ހުރި ފޮޓޯއެއް ފެންނަ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ބުނީ ސުޝާންތު މިސް ވާ ކަމަށާއި އޭނާ "ރިޕްލޭސް" ނުކުރެވޭނެ ކަމަށެވެ. އަދި އޭނާއާ ނުލައި "ޕަވިތުރަ ރިޝްތާ" އެއް ނެތް ކަމަށް ވެސް ގިނަ މީހުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!