ޚަބަރު

1،323މީހަކު ގޮވާމުން ފިތުރު ޒަކާތް ދައްކައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު 1،323އަށް އަރައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޒަކާތް ދައްކައިފައި ވަނީ އާދައިގެ ހަނޑުލުންނެވެ. އެއީ 372 މީހުންނެވެ. ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން މިނިސްޓްރީން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

  • އާދައިގެ ހަނޑޫ: 372 މީހުން، 892.8 ކިލޯ
  • ރަތް ހަނޑޫ: 11 މީހުން ،26.4 ކިލޯ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 258 މީހުން، 619.7 ކިލޯ
  • ބާސްމަތީ ހަނޑޫ (މޮޅު): 310 މީހުން، 744 ކިލޯ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 312 މީހުން، 748.8 ކިލޯ
  • އާދައިގެ ފުށް: 44 މީހުން، 105.6 ކިލޯ
  • އާޓާ ފުށް: 16 މީހުން، 38.4 ކިލޯ

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށާއި ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އިއްޔެގެ ނިޔަލަށް 5.5 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

Ads by Ooredoo
  1. ހޭލާ

    މިމީހުންގެ ހަރަކާތްތައް އިންޓެލް އޭޖެންޓުން ބަލާ މޮނިޓަރ ކުރަންޖެހޭނެއެވެ.