ދެން ރެސިޕީ | ޗިކަން ވްރެޕް
ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމުސާ ބަޓަރު
- 4 މޭޒުމަތީ ސަމުސާ ތެޔޮ
- 1 ފިޔާ ކުދިކޮށް ކޮށާލާފަ
- 3 ފިށް ލޮނުމެދު ކުދިކޮށް ކޮށައިލައިފައި
- 2/1 ސަމުސާ މުގުރި މިރުސް
- 2/1 ސަމުސާ މުގުރި ދިރި
- 1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ
- 2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއަންޑަރ ކުދިކޮށް ކޮށައިލައިފައި
- ކުކުޅު(ކަށި ނެތް ކުކުޅު ފައިގެ މަސް) ކުދިކޮށް ކޮށައިލައިފައި
- 1 ޖޯޑު ގާނައިފައި ހުރި ޗީޒް
- 4 ރޮށި ނުވަތަ ފަރާޓާ ނުވަތަ ޓޯޓިލާ
- ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
ބަޓަރު އަދި ތެޔޮފޮދު ހޫނުކޮށްލުމަށް ފަހު ކުކުޅުކޮޅު އަޅާ ދެބައި ކުޅަ އެއްބަޔަށް ރޯފިލުވައިލުމަށް ފަހު ފިޔާ، ލޮނުމެދު، މުގުރި ދިރި އަދި މުގުރި މިރުސް އަޅައިލާށެވެ. ފަސްވަރަކަށް މިނެޓް ކައްކާލުމަށް ފަހު ތާޒާ ކޮރިއަންޑަރ އަދި ޓޮމާޓޯކޮޅު އަޅާލާށެވެ. އެއަށް ފަހު ލޮނު އަދި އަސޭމިރުސް އަޅާ ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އިތުރު 2 މިނެޓްވަރު ވަންދެން ކައްކާލާށެވެ. އެއްއަށްފަހު ޗީޒް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ތައްޔާރުކޮށްލެއްވި މަސްގަނޑު ރޮށި ނުވަތަ ފަރާޓާގެ ތެރެއަށް އަޅާ ރޯލް ކޮށްލުމަށްފަހު ތެލުލާށެވެ. ރޯލް ކުރާނީ ކީމިޔާ ރޯލް ކުރާ ގޮތަށް އެތެރެއަށް ތެޔޮ ނުވަންނަހެނެވެ. ބޭނުން ނަމަ ތެލުލުމުގެ ބަދަލުގައި އަވަނުން ފިހެލައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.
Ads by Allied Insurance